Last Updated: December 5, 23:15
Tuesday, December 5, 2023
ދުނިޔެ

މިސް ޔުނިވާސްގެ ތާޖު ނިކަރާގުއާ އަށް

މި އަހަރުގެ މިސް ޔުނިވާސްގެ މަގާމު ނިކަރާގުއާގެ ރީތީގެ ރާނީ ޝޭނިސް ޕަލާޝިއޯސް އަށް ލިބިއްޖެ އެވެ.

އަލް ސަލްވެޑޯގައި ބޭއްވި ކުލަގަދަ ހަފުލާގައި 23 އަހަރުގެ އާ މިސް ޔުނިވާސްގެ ބޮލުގައި ތާޖު އަޅައި ދިނީ މިދިޔަ އަހަރު އެ މަގާމު ހޯދި އެމެރިކާގެ ބޮނީ ގެބްރިއަލް އެވެ.

ޝޭނީސް އަކީ ސެންޓްރަލް އެމެރިކަން ޔުނިވަސިޓީން މާސް ކޮމިއުނިކޭޝަން އިން ޑިގްރީ ހާސިލުކޮށްފައިވާ މީހެކެވެ. އޭނަ އަކީ ފުރާވަރު އުމުރުގައި ރީތީގެ ރާނީން ހޮވުމުގެ މުބާރާތްތަކުގައި ވާދަކޮށް ވަނަ ހޯދާފައިވާ މީހެކެވެ. އެގޮތުން 2016 ގައި މިސް ޓީން ނިކަރާގުއާގެ ޓައިޓްލް ހާސިލުކޮށްފައިވެ އެވެ.

މި އަހަރު ބޭއްވި 72 ވަނަ މިސް ޔުނިވާސްގެ ދެވަނަ ލިބުނީ ތައިލޭންޑްގެ އެންޓޮނިއާ ޕޯސިލްޑް، 27، އަށެވެ. ތިން ވަނަ ލިބުނީ އޮސްޓްރޭލިއާގެ ރީތީގެ ރާނީ މޮރާޔާ ވިލްސަން، 22، އަށެވެ.

މިސް ޔުނިވާސް އަކީ މިސް ވޯލްޑް ފިޔަވައި، ދުނިޔޭގައި ދެވަނަ އަށް ބާއްވާ އެންމެ ބޮޑު ރީތީގެ މުބާރާތެވެ.