Last Updated: May 2, 12:12
Thursday, May 2, 2024
ޚަބަރު

ފެނަކަ 4.2 މިލިއަން ރުފިޔާ އިން ޖޫރިމަނާކޮށްފި

އެންވަޔަމަންޓް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ފުރިހަމަ ނުކޮށް 21 ރަށެއްގެ އިންޖީނުގެ އެޅުމުގެ މަޝްރޫޢުގެ މަސައްކަތް ފެނަކަ ކޯޕަރޭޝަނުން، ފަށާފައިވާތީ އެ ކުންފުނި 4.2 މިލިއަން ރުފިޔާ އިން މިއަދު ޖޫރިމަނާކޮށް އެވެ.

އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބުނީ އެކަން ބަލައި އެ މައްސަލައާ ގުޅިގެން އެއްކުރި މަޢުލޫމާތުންނާއި ދެ ފަރާތުގައި ދެމެދު ބަދަލުކުރެވިފައިވާ ލިޔެކިޔުންތަކަށް ރިޢާޔަތްކުރުމުން އީއައިއޭ މަރުޙަލާ ފުރިހަމަ ކުރުމަކާ ނުލައި 21 ރަށެއްގެ އިންޖީނުގެ އެޅުމުގެ މަޝްރޫއުގެ މަސައްކަތް ފެނަކަ އިން ފަށާފައިވާ ކަމަށެވެ.

އަދި ކުރިން ވެސް ފެނަކަ ކޯޕަރޭޝަނުން ހަ ފަހަރެއްގެ މަތިން ގަވައިދާ ހިލާފުވުމާ ގުޅިގެން ފިޔަވަޅު އަޅާފައިވާ ކަމަށް ވެސް އީޕީއޭ އިން ބުންޏެވެ.

އެހެންވެ ކުންފުނި ބޮޑު އަދަދަކުން ޖޫރިމަނާކޮށް އެ ފައިސާ މިއަދުން ފެށިގެން 30 ދުވަހުގެ ތެރޭގައި ދެއްކުމަށް އީޕީއޭ އިން ވަނީ އަންގައިފަ އެވެ. އަދި ފެނަކަ އިން ކުރިއަށް ގެންދާ ހުރިހާ މަޝްރޫއުތަކެއް ވެސް ގަވާއިތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާ ބެހޭ ގަވާއިދާ އެއްގޮތަށް އޭގައި ބަޔާންކޮށްފައިވާ މަރުޙަލާތަށް ފުރިހަކު ކުރުމަށް ފަހު ކުރިއަށް ގެންދަން ވެސް އަންގާފައިވެ އެވެ.

ފެނަކަ އަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ދައުރު ނިމުނު އިރު، ކޮރަޕްޝަންގެ ތުހުމަތު އެންމެ ބޮޑަށް ކުރެވޭ ކުންފުންޏެވެ.