ބޮލީވުޑްގެ މަޝްހޫރު ފްރެންޗައިޒް "ދޫމް" ގެ ފުރަތަމަ ދެ ބައި ގެނެސްދިން ޑައިރެކްޓަރު ސަންޖޭ ގަދްވީ މަރުވެއްޖެ އެވެ.
މީޑިއާތަކުން ބުނީ އުމުރުން 57 އަހަރުގައި އޭނަ މިއަދު މަރުވީ ހެނދުނު ހިނގާލަން ނުކުޅެ އުޅެނިކޮށް، ކުއްލިއަކަށް މެއަށް ވަރަށް ބޮޑަށް ތަދުވާތީ މުމްބާއީގެ ކޮކީލާބެން ދިރުބާއީ އަންބާނީ ހޮސްޕިޓަލަށް ގެންގޮސް، އެޑްމިޓްކޮށް ފަރުވާ ދެމުން ދަނިކޮށް ހާޓްއެޓޭކެއް ޖެހިގެން ކަމަށެވެ.
ސަންޖޭގެ މަރާ ގުޅިގެން ބޮލީވުޑްގެ އެކި މީހުން މިހާރު އަންނަނީ ހިތާމަ ފާޅުކުރަމުންނެވެ.
This is beyond shocking. #SanjayGadhvi RIP never thought I’d have to write your obituary. Shared an office for many years at YRF, lunch dubbas, discussions. Will miss you my friend. This is too hard to accept. pic.twitter.com/UYUBGb1seL
— kunal kohli (@kunalkohli) November 19, 2023
"ދޫމް" ގެ ދެ ފިލްމުގެ އިތުރުން އޭނަ ޑައިރެކްޓްކުރި ފިލްމުތަކުގެ ތެރޭގައި "މެރޭ ޔާރު ކީ ޝާދީ"، "ކިޑްނެޕް"، "އަޖަބު ގަޒަބް ލަވް" އަދި "އޮޕަރޭޝަން ޕަރިންދޭ" ހިމެނެ އެވެ. ސަންޖޭގެ އަލަތު ޑައިރެކްޝަނަކީ 2001 ގެ "ތޭރޭ ލިޔޭ" އެވެ.