Last Updated: December 5, 23:15
Tuesday, December 5, 2023
ޚަބަރު

އޭއީއެޗް ހިންގުން ހެލްތު މިނިސްޓްރީގެ ދަށަށް

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގައި ދުނިޔޭގެ ކޮލިޓީ ދުވަސް ފާހަގަ ކުރުމުގެ ތެރެއިން / ފޮޓޯ: އޭއީއެޗް

ވަކި ބޯޑެއްގެ ދަށުން ހިންގަމުން އައި އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ހިންގުން ހެލްތު މިނިސްޓްރީގެ ދަށައް ބަދަލުކޮށްފި އެވެ.

އެތަން ހެލްތު މިނިސްޓްރީގެ ދަށައް ބަދަލުކޮށްފައި ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ މިނިސްޓްރީތަކަށާއި އޮނިގަޑަށް ގެނައި ބަދަކުތަކާ ގުޅިގެންނެވެ. އެގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވަކިން ހިންގަމުން އައި ސިއްހީ މަރުކަޒުތަކާއި ޓާޝަރި ހޮސްޕިޓަލްތައް ވަނީ މިއަދުން ފެށިގެން ހެލްތު މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފަ އެވެ.

އޭއީއެޗް އިތުރުން ތިނަދޫގައި ހުންނަ އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލާއި، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ވެސް ދެން ހިންގާނީ ހެލްތު މިނިސްޓްރީންނެވެ.

އޭއީއެޗް ޓާޝަރީ ހޮސްޕިޓަލަކަށް ބަދަލު ކުރުމާ ގުޅިގެން އެތަނުގެ ސީއީއޯއަކަށް ހަމަޖައްސާފައި ވަނީ ރާއްޖޭގެ އެންމެ ފުރަތަމަ ސާޖަން ޑރ. މުހައްމަދު ސޯލިހެވެ. އޭނަ މިހާތަނަށް އޭއީއެޗަށް ބޮޑެތި ކުރިއެރުންތަކެއް ގެނެސްދެއްވާދައިވެ އެވެ. ސޯލިހު އޭއީއެޗް އާއި ހަވާލުވީ ދެ އަހަރުގެ ކޮންޓްރެކްޓެއްގަ އެވެ.

ސަރުކާރުގެ ގިނަ މިނިސްޓް ތަކުގެ އޮނިގަޑަނށް މުއިއްޒު ވަނީ ބަދަލު ގެންނަވައިފަ އެވެ.