އެމެރިކާގެ ކުރީގެ ރައީސް ޖިމީ ކާޓާގެ އަނބިކަނބަލުން ރޯޒަލީން ކާޓާ އަވަހާރަވެއްޖެ އެވެެ.
އެ ކަމަނާ އަވަހާރަވީ މި އަހަރުގެ މެއި މަހުން ފެށިގެން ޑިމެންޝިއާ އަށް ފަރުވާ ހޯއްދަވުން ގެންދަވަނިކޮށް މިދިޔަ ހުކުރު ދުވަހު ސިއްހީ ހާލަތު ވަރަށް ބޮދަށް ގޯސްވެ، ޖޯޖިއާގެ ހޮސްޕިޓަލެއްގައި އެޑްމިޓްކޮށް ފަރުވާ ވެސް ދީފައި ވަނިކޮށް އިއްޔެ އެވެ. ރޯޒަލީން އަވަހަރާވި އިރު، އުމުރަކީ 96 އަހަރެވެ.
އަނބިކަނބަލުން އަވަހާރަވި އިރު، މި އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން ކާޓާ، 99، ވެސް އޮންނެވީ ސިއްހީ ހާލަތު ގޯސްވުމުގެ ސަބަބުން އެނދުމަތި ކުރެވިފަ އެވެ.
Rosalynn Carter leaves behind a meaningful legacy not only as First Lady but as a wife and mother. We will always remember her servant’s heart and devotion to her husband, family, and country. May she rest in peace.
— MELANIA TRUMP (@MELANIATRUMP) November 19, 2023
ކާޓާ އަކީ އެމެރިކާގެ 39 ވަނަ ރައީސެވެ. އޭނަ ވެރިކަން ކުރެއްވީ ޖެނުއަރީ 20، 1977 އިން ޖެނުއަރީ 20، 1981 އަށެވެ. ކާޓާ އާއި ރޯޒަލީން ކައިވެނި ބައްލަވައިގެންނެވީ 1946 ގަ އެވެެ. ދެ ކަނބަލުންނަށް ހަތަރު ބޭފުޅުން ލިބިވަޑައިގަތެވެ. ކާޓާ އާއި ރޯޒަލީންގެ 11 ކާފަ/މާމަދަރިންނާއި 14 މުނިކާފަ/މާމަ ދަރިން އެބަތިއްބެވެ.
ރޯޒަލީން އަވަހާރަވުމާ ގުޅިގެން އެމެރިކާގެ ސީޔާސީ ދާއިރާގެ ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި ހިތާމަ ފާޅުކުރަމުންނެވެ.