Last Updated: December 5, 22:37
Tuesday, December 5, 2023
ޚަބަރު

ސަޕްލިމެންޓަރީ ބަޖެޓް ފާސްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ތަޅުން- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

މަޖިލީހަށް ހުށަހަޅާފައިވާ ސަޕްލިމެންޓަރީ ބަޖެޓް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ސަޕްލިމެންޓަރީ ބަޖެޓް މަޖިލީހުން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި 57 މެންބަރުންގެ ވޯޓުންނެވެ. ސަޕްލިމެންޓަރީ ބަޖެޓް ފާސްކުރުމާ ދެކޮޅަށް 10 މެންބަރުން ވޯޓު ދީފައިވެއެވެ.

6.5 ބިލިއަންގެ ސަޕްލިމެންޓަރީ ބަޖެޓް މަޖިލީހުން ފާސްކޮށްފައިވާއިރު ސަޕްލިމެންޓަރީ ބަޖެޓާއި ގުޅޭގޮތުން ފިނޭންސް މިނިސްޓްރީން މީގެކުރިން ބުނެފައިވަނީ މިއަހަރަށް ފާސްކޮށްފައިވާ ބަޖެޓަށްވުރެ އިތުރަށް މިއަހަރު ޙަރަދުވާނެ ކަމަށް ބެލެވޭތީ ޤާނޫނާއި އެއްގޮތްވާ ގޮތުގެ މަތިން މަޖިލީހަށް ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހަޅާފައިވާ ކަމަށެވެ. މިއަހަރު ދައުލަތަށް ޙަރަދުވާނެ ކަމަށް ލަފާކޮށްފައިވަނީ 42.8 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ނަމަވެސް މިހާރު ހުށަހަޅާފައިވާ 6.5 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓާއިއެކު، 49.3 ބިލިއަން ރުފިޔާއަށް މިއަހަރުގެ ޖުމްލަ ބެޖެޓު އަރާނެއެވެ.

ސަޕްލިމެންޓްރީ ބަޖެޓުގައި މައިގަނޑު ގޮތެއްގައި ހިމަނާފައިވަނީ ސަބްސިޑީ އަދި އާސަންދައަށާއި، ޕީއެސްއައިޕީގެ އިތުރުން ސަރުކާރު ކުންފުނިންތަކުގެ ކެޕިޓަލް ކޮންޓްރިބިއުޝަން އިތުރު ކުރުމަށް ބޭނުންވާ ފައިސާއެވެ.