Last Updated: December 5, 22:37
Tuesday, December 5, 2023
ޚަބަރު

މި ސަރުކާރު ކުރިއަށް ދާނީ މުއިއްޒު ދުވެލީގައި

މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ފޯ ސްޓްރެޓީޖިކް ކޮމިއުނިކޭޝަން / ފޮޓޯ: ރައީސް އޮފީސް

މި ސަރުކާރުގެ ކަންކަން ހިނގަމުންދާނީ މުއިއްޒު ދުވެލީގައި ކަމަށް ރައީސް އޮފީހުގެ މިނިސްޓަރ ފޯރ ސްޓްރެޓީޖިކް ކޮމިއުނިކޭޝަން އިބްރާހިމް ޙަލީލް ވިދާޅުވެއްޖެއެވެ.

ސަރުކާރުން އަލަށް އެކުލަވާލެއްވި ވިޒިޓަރ އިކޮނޮމިކް ކައުންސިލްގެ މަސައްކަތްތަކާއި ގުޅޭގޮތުން މައުލޫމާތު ދެއްވުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުގެ އެކި ވަޒާރާތަކުގެ ގިނަ ވަޒީރުން ބައިވެރިވެވަޑައިގެންނެވިއެވެ. އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޙަލީލް ވިދާޅުވީ ރައީސް ވިދާޅުވެފައިވާ ފަދައިން ކޮންމެ ދުވަހަކުވެސް ރައްޔިތުންނާއި ހަމައަށް މައުލޫމާތު ގެންނަ ވަރަށް ހާމަކަން ބޮޑު ސަރުކާރަކަށް ކަމަށެވެ.

ޙަލީލް ވިދާޅުވި ގޮތުގައި 17 ނޮވެމްބަރުގައި ފެށި ސަރުކާރުގެ ދުވެލި ހުންނާނީ "މުއިއްޒު ދުވެލީގައި" ކަމަށެވެ.

"މުއިއްޒު ދުވެލީގައި އަޅުގަނޑުމެން ސަރުކާރު ހިނގަމުންދާނީ. ހުކުރެއް ހޮނިހިރެއް ބަނދެއް ނެތި ވަޒީރުންނާއި، އެމްޑީންނާއި ޗެއާމަނުންނާއި އައްޔަން ކުރެއްވި ހުރިހާ ބޭފުޅުން މަސައްކަތް ކުރައްވާނެ" ޙަލީލް ވިދާޅުވިއެވެ.

އޭނާ ވަނީ މިހާރުވެސް ބައެއް ނޫސްތަކުން ނަތީޖާ ނުނެރުވޫނީމަ ވާނެ ގޮތުގެ ވާހަކަތައް ވެސް ފެންނަމުންދާ ކަމަށެވެ. އެހެން ނަމަވެސް އެއީ އުއްމީދު ގެއްލިފައިވާތީ ކަން ފާހަގަ ކުރައްވާ ރައްޔިތުންނަށް ކަންކަން ހާމަކޮށްދިނުމަށް ވީހަވެސް ގިނައިން ޕްރެސް ކޮންފަރެންސްތަކާއި ކަންކަން ހިންގަވާ މީޑިއާއަށް ހުޅުވާލައްވާނެ ކަމަށް ވިދާޅުވިއެވެ.

މި ސަރުކާރު ވެރިކަމަށް އައިއިރު އެންމެ ބޮޑަށް ވަކަލާތު ކުރެއްވި އެއް ކަމަކީ ސަރުކާރުން ފޮރުވަން ޖެހޭ ސިއްރުން ކުރަންޖެހޭ އެއްވެސް ކަމެއް ނޯންނާނެ ކަމެވެ. އެގޮތުންރ ރައީސް ޑރ. މުހައްމަދު މުއިއްޒު ކެމްޕެއިން ހަރަކަތްތަކުގެ ތެރޭގައިވެސް އެކަން ވަނީ ފާހަގަ ކުރައްވާފައެވެ.