Last Updated: December 5, 23:15
Tuesday, December 5, 2023
ޚަބަރު

ދިވެހިންނަށް އެންމެ އެހީތެރިވެދޭ ޤައުމަކީ އިންޑިއާ

އިންޑިއާއި އިދިކޮޅަށް ދިވެހިން ކަން ކުރުމަކީ، ދިވެހިންނަށް ރަނގަޅު ގޮތަކަށް ނުވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިގޮތަށް ވިދާޅުވެފައިވަނީ އެމަނިކުފާނު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. އެގޮތުން ރާއްޖޭގެ ރައްޔިތުންގެ އެންމެ ޒަމާންވީ އެކުވެރި އަވައްޓެރި ޤައުމަކީ އިންޑިއާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

"ދިވެހިންނަށް އެންމެ އެހީތެރިވެދޭ ޤައުމަކީވެސް އިންޑިއާ. އިންޑިއާއި އިދިކޮޅަށް ދިވެހިން ކަންކަން ކުރުމަކީ، ދިވެހިންނަށް ރަނގަޅު ގޮތަކަށް ނުވާނެ " ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައި މިވަނީ، ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ ރަސްމީ އަދަދެއް ސަރުކާރުން ހާމަކޮށްފައި ވަނިކޮށެވެ. އަދި ރަސްމީކޮށް ސިފައިން އަނބުރާ ގެންދިއުމަށް ދިވެހި ސަރުކާރުން އިންޑިއާ ސަރުކާސް ގޮވާލާފައިވެސް ވަނިކޮށެވެ.


އީއްޔެ ސަރުކާރުން އާންމު ކުރި އަދަދުތަކަށް ބަލާއިރު އިންޑީއާގެ ދެ ހެލިކޮޕްޓަރަކާއި ޑޯނިއާ ދުއްވުމާއި ބެލެހެއްޓުމަށް ޖުމްލަ 77 ސިފައިން ތިބި ކަމަށް ވަނީ ބުނެފައެވެ. މީގެ ތެރެއިން ފުރަތަމަ އެއްބަސްވުމެއް ހެދި ހެލިކޮޕްޓަރެއް ގެނެވިފައިވަނީ 2009 ވަނަ އަހަރު އެވެ. އެއީ ރައީސް ނަޝީދުގެ ވެރިކަމުގައެވެ. އޭގެ ފަހުން ދެވަނަ ހެލިކޮޕްޓަރު ރައީސް ޔާމީނުގެ ވެރިކަމުގައި ގެނެވުނު އިރު، ޑޯނިއާ ގެނެވިފައިވަނީ ރައީސް ސާލިޙުގެ ވެރިކަމުގައެވެ.

ނަޝީދު މިގޮތަށް ވިދާޅުވެފައި މިވަނީ ސީދާ ކޮންކަމަކާއި ގުޅުވައި ކަމަށް ސާފުވެފައި ނެތް ނަމަވެސް، ދިވެހި ސަރުކާރުން ވަނީ މިދިޔަ ފަސް އަހަރު ތެރޭ އެކަނިވެސް ތަރައްޤީގެ މަޝްރޫޢުތަކުގެ އެއްބަސްވުންތައް ފިޔަވައި 100 އަށް ވުރެ ގިނަ އެއްބަސްވުން އިންޑީއާއި އެކު ހެދިފައިވާ ކަމަށް ބުނެފައެވެ. އަދި މި އެއްބަސްވުންތައް މިހާރު ދިރާސާ ކުރަމުންދާ ކަމަށާއި، ޤައުމީ ސިޔާދަތައް ފުށުއަރާ ކަމެއް ހުރި ނަމަ އެކަން ހާމަކުރާނެ ކަމަށް ސަރުކާރުން ބުނެއެވެ.