Last Updated: December 5, 23:15
Tuesday, December 5, 2023
ޚަބަރު

އެމް-ފައިސާގެ މުއާމަލާތުން އައިފޯން ހޯދުމުގެ ފުރުސަތެއް

އުރީދޫގެ އެމް-ފައިސާގެ ކަސްޓަމަރުންނަށް ކޮންމެ ދެ މަހަކުން އައިފޯން 15 ޕްރޯ މެކްސްއެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.

ހަ މަސް ދުވަހަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަނާ ބެހޭ ގޮތުން އެ ކުންފުނިން ބުނީ ކޮންމެ މަހަކު 1،500ރ. އާއި އެއަށް ވުރެ މަތިން ފައިސާގެ މުއާމަލާތްކުރާ ކަސްޓަމަރުން ޕްރޮމޯޝަންގައި ބައިވެރިވެވޭނެ ކަމަށެވެ. އަދި އަދި ކޮންމެ ދެ މަހަކުން ޕްރޮމޯޝަންގެ ގުރު ނަގައި ނަސީބުވެރިވެރިއަކަށް އައިފޯން 15 ޕްރޯ މެކްސްއެއް ހަދިޔާކުރާނެ އެވެ.

އެމް-ފައިސާ މެދުވެރިކޮށް ސްޓެލްކޯ، އެމްޑަބްލިއުއެސްސީ، މީޑިއާނެޓް ފަދަ ކުންފުނިތަކުގެ ބިލްތަކަށް ފައިސާ ދެއްކޭނެ ލުއި ފަސޭހަ ގޮތް ހަމަޖެހިފައިވެ އެވެ.