Last Updated: May 2, 16:44
Thursday, May 2, 2024
ޚަބަރު

ހިޓާޗީ ފުރިޖުތަކުގައި ވެސް ހަކަތަރި ލޭބަލް

އެސްޓީއޯއިން ވިއްކާ ފުރިޖުތަކުގައި ހަކަތަރި ލޭބަލް ޖަހަން ފަށައިފި / ފޮޓޯ: އެސްޓީއޯ

ކަރަންޓު ބޭނުންކުރާ އާލަތައް ހިންގުމަށް ހަކަތަ ބޭނުންވާ މިންވަރު އަންގައިދޭ "ހަކަތަރި" ލޭބަލް ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން (އެސްޓީއޯ) އިން ވިއްކާ ފްރިޖުތަކުގައި ޖަހަން ފަށައިފިއެވެ.

އެސްޓީއޯއިން  މިހާރުވަނީ އެ ކުންފުނިން ވިއްކާ ހިޓާޗީ ފްރިޖްގެ 14 މޮޑެލްއެއްގައި ހަކަތަރީގެ ލޭބަލް ޖަހާފައެވެ. މި 14 މޮޑެލްގެ ތެރޭގައި ތިން ތަރި އަދި ހަތަރު ތަރީގެ ލޭބަލް ހިމެނެއެވެ. ހަކަތަރި ލޭބަލް ހުންނާނީ އެކަކުން ފެށިގެން ފަހަކާއި ހަމައަށް ދަރަޖަ ގިންތި ކުރެވިފައެވެ. ލޭބަލްގައި ޖަހާފައިވާ ނަންބަރު 1 އެއީ، ވަސީލަތް ހިންގުމަށް އެންމެ ގިނައިން ކަރަންޓު ބޭނުންވާ ޕްރޮޑަކްޓްތަކެވެ. އަދި ލޭބަލްގެ ނަންބަރު މަތިވާ ވަރަކަށް އަންގައިދެނީ، ހިންގުމަށް ކަރަންޓު ބޭނުންކުރާ މިންވަރު މަދުކަމެވެ.

އެސްޓީއޯ އަކީ މި "ހަކަތަރި ސަމާކާރު" ލޭބަލް އެންމެ ފުރަތަމަ ބޭނުން ކުރަން ފެށި ކުންފުންޏެވެ. އެގޮތުން މިދިޔަ އަހަރު އެކުންފުނިން ވިއްކާ 6 މޮޑެލްއެއްގެ އޭސީގައި މި ލޭބަލް ވަނީ ބޭނުން ކުރަން ފަށާފައެވެ. އެސްޓީއޯއިން ލޭބަލް ޖެހި އޭސީގެ ތެރޭގައި އާއްމު އޭސީތަކަށްވުރެ %42 ކަރަންޓް މަދުން ކަރަންޓު ބޭނުންކުރާ އެއަރ ކޮންޑިޝަންތައް ހިމެނެއެވެ.

ހަކަތަ ސަމަކާރަ ޕްރޮގްރާމްގެ އެންމެ ބޮޑު މަޤުޞަދަކީ ރާއްޖޭގައި ކަރަންޓު ޚަރަދު ކުޑަ ވަސީލަތްތައް ބޭނުންކުރުމަށް އަހުލުވެރި ކުރުމާއި ކަރަންޓަށް ކުރާ ހޭދަ ކުޑަކޮށް ތިމާވެއްޓާ ރައްޓެހި ގޮތްތައް އަށަގެންނެވުމެވެ. މިއީ ކަރަންޓަށް ކުރާ ހޭދަ ކުޑަކުރުމަށް ބާރު އަޅާ، އެންވަޔަރަމަންޓް މިނިސްޓްރީން ފަށާފައިވާ މަސައްކަތެކެވެ.