Last Updated: July 27, 15:08
Saturday, July 27, 2024
ޚަބަރު

ކަސްޓަމްސްގެ ވެރިއަކަށް މާނިއު

ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމަށް ޔޫސުފް މާނިއު މުހައްމަދު އައްޔަންކުރައްވައިފި އެވެ.

ކަސްޓަމްސްގެ ވެރިއަކަށް މާނިއު އައްޔަންކުރައްވާ މަގާމުގެ ލިޔުން ދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ. އެ މަގާމަށް މާނިއު އައްޔަން ކުރެއްވީ ސްޓޭޓް މިނިސްޓަރު ފެންވަރުގަ އެވެ.

ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނުގެ ރައީސްކަން ވެސް ކުރައްވާފައިވާ މާނިއު މީގެކުރިން ވަނީ އޮޑިޓާ ޖެނެރަލް އޮފީހާއި އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި ހަޔާ އެޑިއުކޭޝަން މިނިސްޓްރީގައި ވެސް މަސައްކަތް ކުރައްވާފަ އެވެ.

ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމުގައި ކުރިން ހުންނެވި އަބްދުﷲ ޝަރީފް ވަނީ ކަސްޓަމްސްގެ ހިދުމަތުން ރިޓަޔާ ކުރައްވާފަ އެވެ. ޝަރީފް މަގާމުން ރިޓަޔާ ކުރެއްވީ ކަސްޓަމްސް އަށް 28 އަހަރު ހިދުމަތް ކުރެއްވުމަށްފަހު އެވެ.