Last Updated: October 26, 17:30
Saturday, October 26, 2024
ޚަބަރު

ކޮމިޝަނާ އޮފް ޕްރިޒަންސްގެ މަގާމަށް ޒަރީރު

ކޮމިޝަނާ އޮފް ޕްރިޒަންސްގެ މަގާމަށް ހަސަން ޒަރީރު މިއަދު އައްޔަންކުރައްވައިފި އެވެ.

އޭނާ އެ މަގާމަށް އައްޔަންކުރައްވާ މަގާމުގެ ލިޔުން ދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ. އެ މަގާމަށް ޒަރީރު އައްޔަން ކުރެއްވީ ސްޓޭޓް މިނިސްޓަރު ފެންވަރުގަ އެވެ.

ކޮމިޝަނާ އޮފް ޕްރިޒަންސްގެ މަގާމުގައި މީގެކުރިން ހުންނެވި އަހުމަދު މުހައްމަދުފުޅު މިދިޔަ ހޮނިހިރު ދުވަހު ވަނީ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ.

މީގެއިތުރުން ރައީސް މުއިއްޒު މިއަދު ވަނީ ރައީސް އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީގެ މަގާމަށް ނާޒިމް އިބްރާހިމް ވެސް ވަނީ އައްޔަން ކުރައްވާފަ އެވެ. ނާޒިމް އެ މަގާމަށް އައްޔަން ކުރެއްވީ މިނިސްޓަރު ފެންވަރުގަ އެވެ.