Last Updated: December 5, 23:15
Tuesday, December 5, 2023
ޚަބަރު

ފަހުމީ އަށް ސްޓޭޓު މިނިސްޓަރުކަން ދީފި

ފޮރިން މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރު ކަމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ކުރީގެ ރައީސް މުހައްމަދު ފަހުމީ އައްޔަން ކުރައްވައިފި އެވެ.

ފަހުމީ ސްޓޭޓު މިނިސްޓަރަކަށް އައްޔަންކޮށް މަގާމުގެ ލިޔުން ހަވާލުކުރީ މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ.

ފަހުމީ އަކީ ސީއެސްސީގެ އަންހެން މުވައްޒަފަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކޮށް، އެ ކޮމިޝަންގެ ރައީސްކަމާއި މެމްބަރުކަމުން ވަކިކުރި ބޭފުޅެކެވެ. ނަމަވެސް ސުޕްރީމް ކޯޓުން 2013 ގައި ނިންމީ އޭނާ ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ނިންމި ހުރިހާ އިޖްރައާތެއް ބާތިލް ކަމަށެވެ. އެހެންވެ ގެއްލުމުގެ ބަދަލު ހޯދަން ފަހުމީ ކޯޓަށް ވެސް ގޮސްފައިވެ އެވެ.

މީގެއިތުރުން ރައީސް މުއިއްޒު މިއަދު ވަނީ ކުޅިވަރާ ބެހޭ ވުޒާރާގެ ސްޓޭޓު މިނިސްޓަރު ކަމަށް އިބްރާހީމް ޢާމިރު އައްޔަން ކުރައްވާފަ އެވެ. އަދި މުލިއާގޭގެ ސްޓޭޓް މިނިސްޓަރު ކަމަށް އަލްއުސްތާޛާ ފާޠިމަތު ޝަމްނާޒް ޢަލީ ސަލީމް ވަނީ އައްޔަން ކުރައްވާފަ އެވެ.