Last Updated: June 30, 20:43
Monday, June 30, 2025
ޚަބަރު

ކުރީގެ ހެލްތު މިނިސްޓަރަށް ވެސް މަގާމެއް

ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމަށް ވެސް ރައީސް އޮފީހުން ވަޒީރުންގެ ފެންވަރުފެ މަގާމެއް ދީފި އެވެ.

އޭނަ އައްޔަންކުރީ ރައީސް އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީގެ މަގާމަށެވެ. ނާޒިމް ހެލްތު މިނިސްޓަރުގެ މަގާމު އަދާކުރެއްވީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ.

ހެލްތު މިނިސްޓަރުކަން އަދާކުރެއްވުމަށް ފަހު، އެންމެ ފަހުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވެސް އޭނަ އުފަން ހިންނަވަރު ދާއިރާގެ މެންބަރު ކަމަށް ވާދަކުރެއްވި އެވެ.