Last Updated: July 27, 14:36
Saturday, July 27, 2024
ޚަބަރު

މާލޭގެ މޭޔަރު ކަމަށް ޑިމޮކްރެޓްސް އިން ސައިފު

ހުސްވެފައިވާ މާލޭގެ މޭޔަރުގެ މަގާމަށް ދަ ޑިމޮކްރެޓްސްގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓްގެ ފުރުސަތު މުހައްމަދު ސައިފް ފާތިހު އަށް ލިބިއްޖެ އެވެ.

ރާއްޖޭގައި އެންމެ ފަހުން އުފަންވި އަދި މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވެސް ވާދަކުރި ޕާޓީން ބުނީ މޭޔަރަކު އިންތިހާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަންގެ ޕްރައިމަރީ އަށް ޑިމޮކްރެޓްސް އިން މި މަހުގެ 5 ގައި ހުޅުވައިލުމުން މުއްދަތު ހަމަވުމުން ކުރިމަތިލެއްވީ ފާތިހު އެކަނި ކަމަށެވެ. އެހެންވެ ޕްރައިމަރީއަކަށް ދާން ނުޖެހި އޭނަ އަށް ޓިކެޓް ލިބިވަޑައިގަތީ އެވެ.

ސައިފަކީ މިހާރު ވެސް މާލެ ސިޓީ ކައުންސިލްގެ މެންބަރެކެވެ.

މާލޭގެ މޭޔަރުގެ މަގާމު ހުސްވީ މިދިޔަ ހުކުރު ދުވަހު ރައީސްކަމުގެ ހުވާކުރެއްވި ޑރ. މުހައްމަދު މުއިއްޒު ސެޕްޓެމްބަރުގައި ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމާ ގުޅިގެންނެވެ.

މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވަން ނިންމަވާފައިވާ ބޭފުޅުންގެ ތެރޭގައި ކުރީގެ އެޓާނީ ޖެނެރަލް އާޒިމާ ޝަކޫރާއި ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސައިން ވަހީދުގެ އިތުރުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ހިމެނިވަޑައިގަނެ އެެވެ.

މޭޔަރު ހޮވަން ބާއްވާ ބައި-އިލެކްޝަން އޮންނާނެ ތާރީހެއް އިލެކްޝަން ކޮމިޝަން (އީސީ) އިން އަދި އިއުލާނެއް ނުކުރެ އެވެ.