Last Updated: July 27, 09:53
Saturday, July 27, 2024
ޚަބަރު

ގެއްލިގެން ހޯދި ފުލުހަކު މަރުވެފައި އޮއްވައި ފެނިއްޖެ

ގެއްލިގެން ހޯދަމުން ދަނިކޮށް އައްޑޫ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގް އެންޑް ލޯ އެންފޯސްމެންޓުގައި މަސައްކަތް ކުރާ ފުލުހަކު މަރުވެފައިވާ އޮތްވާ ފެނިއްޖެއެވެ.

ގެއްލިގެން ހޯދަމުން ދަނިކޮށް މަރުވެފައިވާ އޮއްވައި ފެނިފައިވަނީ ސ. ހިތަދޫ، ޒޫމްޕްލަސް، އަބްދުﷲ ޔަމަން ފިރާޤު(22އ.) އެވެ.

އޭނާ މަރުވެފައި އޮއްވައި ފެނުނީ ހިތަދޫ ފަތާ ޓްރެކް ސަރަހައްދު މޫދުންނެވެ. އޭނާ ގެއްލިގެން ހޯދަން ފަށާފައިވަނީ ރޭގެ އިޝާ ނަމާދަށް ފަހު ގެއަށް ނައިސް ހަބަރެއް ނުވުމުންނެވެ. މިކަން ފުލުހުންނަށް ރިޕޯޓްކޮށްގެން އޭނާ ހޯދަން ފަށާފައިވަނީ ރޭ 12:40 އެހައިކަށް ހާއިރު ކަމަށް ފުލުހުން ބުނެއެވެ.

ހިތަދޫ ޓްރެކް ސަރަހައްދު ފުލުހުންގެ ތަހުޤީޤައް ބަންދުކޮށްފައި / ފޮޓޯ: އައްޑޫލައިވް

މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ހޯދަމުންދަނިކޮށް އޭނާގެ ސައިކަލް އަދި ހެދުމާއި ފައިވާނާ އެކު ހިތަދޫ ޓްރެކް ސަރަހައްދުން ވަނީ ފެނިފައެވެ. ފުލުހުން ބުނީ، އޭނާ ހޯދަމުން ދަނިކޮށް ފެނިފައިވަނީ ހިތަދޫ ސްވިމިން ޓްރެކްސް ސަރަހައްދު މޫދުން ރޭ 1:40 އެހައިކަށްހާއިރު ކަމަށެވެ.

އޭނާ ފެނުމާއެކު ވަގުތުން ވަނީ އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލަށް ވަނީ ގެންގޮސްފައެވެ. އޭއީއެޗް އާއި ހަވާލާދީ ފުލުހުން ބުނީ އޭނާ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް އޮތީ މަރުވެފައި ކަމަށެވެ.

މިމައްސަލަ މިހާރު އިތުރަށް ހިތަދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުޤީޤު ކުރަމުންނެވެ.