Last Updated: December 5, 23:15
Tuesday, December 5, 2023
ޚަބަރު

ހޮންޑާ ވިޝަން 110 އަށް އައްޑޫގައި ޓެސްޓް ރައިޑް

ހޮންޑާގެ އެންމެ ފަހުގެ ހޮންޑާ ވިޝަން 110 އައްޑޫ އިން ޓެސްޓް ރައިޑަށް ދޫކުރަން ފަށާފައިވާ ކަމަށް ރާއްޖޭގެ ހޮންޑާގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރު ޝީޝާ އިން ބުނެފި އެވެ.

އެ ކުންފުނުން ހިތަދޫގައި ޝީޝާގެ ޝޯ ރޫމުން އާ މޮޑެލްގެ ސައިކަލު ދުއްވައުި ތަޖުރިބާކޮށްލަން ބޭނުންވާ ފަރާތްތަކަށް ޓެސްޓް ރައިޑަށް ދޫކުރަން މިހާރު ފަށާފައިވާ ކަމަށެވެ. އެގޮތުން އެކުންފުނިން އެންމެ ފަހުން ލޯންޗު ކުރި ވިޝަން 110 ތަޖުރިބާކޮށްލަން ހުޅުވާލުމާ ގުޅޭ ގޮތުން ބުނީ މީގެ މަގުސަދަކީ ސައިކަލް ގަތުމުގެ ކުރިން ދުއްވާލައި އޭގެ ހިތްގައިމުކަން ތަޖުރިބާ ކޮށްލުމުގެ ފުރުސަތު ހޯދައި ދިނުން ކަމަށެވެ.

މި ސައިކަލު ލޯންޗު ކުރި ފަހުން، ސައިކަލަށް ވަރަށް ގިނަ ކަސްޓަމަރުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށް ޝީޝާ އިން ބުންޏެވެ.

މި މޮޑެލްގެ ސައިކަލަކީ ޒަމާނީ ގިނަ ފީޗާތައް ހުރި ސައިކަލެކެވެ. ސައިކަލުގައި ފާހަގަކޮށްލެއްވޭ ބައެއް ހާއްސަ ކަންކަމަށް ބަލާއިރު، ހޮންޑާ 3.0 ސްމާޓް ކީ ސިސްޓަމް ހުރެ އެވެ. އަދި މިއީ 110 ސީސީ އީއެސްޕީ އިންޖީނެއް ހުރި، ދުއްވާ ފަރާތުގެ ހެލްމެޓު ވެސް މަޑި ދަށަށް ލެވޭ ވަރުގެ ޔޫ-ބޮކްސްއެއް ހުރި ސައިކަލެއް ކަމަށް ޝީޝާ އިން ބުންޏެވެ.

މި މޮޑެލްގެ ސައިކަލު މި ވަގުތު ގަންނަން ބޭނުންވާ ފަރާތްތަކަށް، ޝީޝާގެ އަހަރީ ދުވަހާގުޅި ގެން މިހާރު ކުރިއަށް ގެންދާ "އަންތަރީސް ސަތީރީސް" ޕްރޮމޯޝަންގެ ދަށުން ހާއްސަ ޑިސްކައުޓަކާ އެކީ ސައިކަލު ލިބޭނެ އެވެ. އެގޮތުން އެއްފަހަރާ ފައިސާ ދައްކާ ފަރާތްތަކަށް 44،500ރ. އަށް ސައިކަލު ލިބޭނެ އެވެ.

މީގެ އިތުރުން އިންސްޓޯލްމަންޓަށް ނަންގަވާ ފަރާތްތަކަށް ވެސް ފްލެކްސިބަލް ޕްލޭންތަކެއް ހުރި ކަމަށް ޝީޝާއިން ފާހަގަކުރެ އެވެ. އަދި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) މެދުވެރިކޮށް ވެސް ސައިކަލް ނެގޭނެ އެވެ.

ޝީޝާ އަކީ ރާއްޖެއަށް ހޮންޑާ ބްރޭންޑުގެ އެންމެ ޒަމާނީ އުފެއްދުންތައް އެތެރެކޮށް މާކެޓުކުރާ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރެވެ. ހޮންޑާ ސައިކަލުތަކުގެ މެއިންޓެނެންސް ވެސް ޝީޝާގެ ސާވިސް ސެންޓަރުތަކުން އެކަމަށް ހާއްސަ ތަމްރީނު ލިބިފައިވާ މީހުންގެ އެހީގައި ދެ އެވެ.