Last Updated: October 26, 17:30
Saturday, October 26, 2024
ޚަބަރު

ދީނަށް ހޭލުންތެރިކަން އުފައްދަން ސްޓްރެޓެޖިކް ޕްލޭނެއް

އިސްލާމް ދީނަށް ލޯބި ޖައްސައި، ދީނީ ދައުވަތ ފެތުރުމުގެ މަސައްކަތް ރާއްޖޭގައި ފުޅާކުރުމުގެ ގޮތުން ސްޓްރެޓެޖިކް ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީން ފަށައިފި އެވެ.

އާ ސަރުކާރުގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ
އިސްލާމް ދީނުގެ ރުކުންތަކާއި އީމާންކަމުގެ ރުކުންތަކަށް މުޅި ރާއްޖޭގެ ޒުވާނުންނާއި ރައްޔިތުންގެ ހިތްތަކުގައި ހޭލުންތެރިކަން އިތުރުކޮށް ލޯބި ޖެއްސުމަށް އިސްލާމީ ދަޢުވަތުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭނެއް އެކުލަވައިލުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.

އަދި އޭގެ ދެލިކޮޕީ މި ހަފުތާގެ ތެރޭގައި ނިމޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

ކުރިން ވެސް އިސްލާމިކް މިނިސްޓަރުކަން ކުރެއްވި ޝަހީމް، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ އިސްލާމިކް މިނިސްޓަރުކަމުގެ ހުވާ މިދިޔަ ހުކުރު ދުވަހުގެ ރޭ ކުރެއްވި ހިސާބުން ފެށިގެން މިނިސްޓްރީގެ ފަރާތުން ވަނީ އެކިއެކި މަސައްކަތް ފަށައިފަ އެވެ.

ޝަހީމު ވިދާޅުވެފައިވާ ގޮތުގައި އެންމެ ބޮޑު އަމާޒަކީ އިސްލާމިކް މިނިސްޓްރީގެ މަސައްކަތްތައް ހަރުދަނާކޮށް، ނަތީޖާ ނެރެވޭ ގިނަ މަސައްކަތްތަކެއް ކުރުމެވެ.