Last Updated: October 26, 17:30
Saturday, October 26, 2024
ދުނިޔެ

އާޖެންޓީނާގެ މައިގަނޑު ފައިސާއަކަށް ޑޮލަރު!

ފައިސާ ގޮތުގައި މިހާރު ބޭނުން ކުރަމުން އަންނަ ޕެސޯގެ ބަދަލުގައި މައިގަނޑު ފައިސާއަކަށް އާޖެންޓީނާގައި ޑޮލަރު ބޭނުން ކުރަން ފަށަން އަމާޒަކަށް ހަދައިފި އެވެ.

މި ބަދަލަށް ތައްޔާރީތައް ވާން ފަށާފައި މި ވަނީ މިދިޔަ އާދީއްތަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބު އިގުތިސާދީ މާހިރެއް ކަމަށްވާ ޖޭވިއާ މިލީ ކާމިޔާބު ކުރެއްވުމާ ގުޅިގެންނެވެ. އަންނަ މަހުގެ 10 ގައި އޭނަ ރަސްމީކޮށް ގައުމު ހިންގެވުމާ ހަވާލުވެވަޑައިގެންނަވާ އިރު، އާޖެންޓީ ވެއްޓިފައި އޮތް އިގުތިސާދީ އަނދަވަޅުން ހިއްލައިލުމަށް އަޅަން ނިންމާފައިވާ މުހިއްމު އެއް ފިޔަވަޅަކީ "ޑޮލަރައިޒޭޝަން" އެވެ.

މިއީ ޖޭވިއާގެ ރިޔާސީ ވައުދެއް ވެސް މެ އެވެ.

އޭނަ ކެމްޕޭން ތެރޭގައި ވިދާޅުވެފައވާ ގޮތުގައި ދެކުނު އެމެރިކާގައި ދެވަނަ އަށް އެންމެ ވަރުގަދަ އިގިތުސާދަށް އާޖެންޓީނާ ހަދަން ކުރާ މަސައްކަތުގެ އެންމެ މުހިއްމު ބަޔަކީ މާލީ މުއާލާތްތަކަށް ބޭނުންކުރާ މައިގަނޑު ފައިސާ ބަދަލުކުރުމެވެ. އެހެންވެ ޕެސޯ އިން ޑޮލަރަށް އާޖެންޓީނާ ހާއްސަވުމަކީ ބޮޑު ކުރިއެރުމެއް ގެނެސްދޭނެ ކަމެއް ކަމަށް ޖޭވިއާ ވިދާޅުވެފައިވެ އެވެ.

އޭނަ ވިދާޅުވީ އިންފްލޭޝްނަ ފަދަ މައްސަލަތަކާއި މާލީ އެ ނޫން ވެސް ލޮޅުންތަކަށް ހައްލު ހޯދަން، އާޖެންޓީނާގެ މާލީ މުއާމަލާތްތަކުގައި ބޭނުން ކުރާ މައިގަނޑު ފައިސާ އަކީ ޑޮލަރަށް ހެދުން ވަރަށް މުހިއްމު ކަމަށެވެ. އެހެންވެ އެކަމަށް މަގުފަހި ކުރައްވާބެ ކަމަށް ވިދާޅިވެ އެވެ.

"އަހަރެން ދޭން އޮތް ޔަގިން ކަމަކީ ދެން އޮތީ އަހަރެމެން އިގުތިދިސާ ގޮތުން ބާރު ދުވެލީގައި ދުއްވައިގަތުންކަން. ބޭނުންވާ އެއް ލަނޑުދަނޑި އަކީ ލެޓިން އެމެރިކާގެ އެންމެ ވަރުގަދަ އިގުތިސާކަށްވުން" ޖޭވިއާ ވިދާ>ުވި އެވެ. "އެހެންވެ ދެން ފަސް އެނބުރި ބެލުމެއް ނޯންނާނެ."

ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި އާޖެންޓީނާ "ޑޮލަރައިޒޭޝަން" ފައްތަން އިންތިހާބީ ރައީސް ބޭނުންވެވަޑައިގަތަސް އެއީ ކުރަން މާ ފަސޭހަ ކަމަކަށް ނުވާނެ އެވެ. ސަބަބަކީ އެކަމަށް އާންމު ރައްޔިތުންގެ ރުހުން އެެއްކޮށް ލިބުމާއި ކޮންގްރެސްގެ ރުހުން ލިބުމާއި ބޭންކިން ނިޒާމުން އެކަމަށް އެއްކޮށް ތާއީދުކުރުން ފަދަ ގޮންޖެހުންތައް ކުރިމަތީގައި ހުރުމެވެ.

ނަމަވެސް މާލީ ދާއިރާއެއް ބައެއް ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި "ޑޮލަރައިޒޭޝަން" ގެ ސަބަބުން އިންފްލޭޝަން ފަދަ މައްސަލަތަކަށް ހައްލެއް ހޯދިދާނެ އެވެ.

"އެކަމަކު މިކަމަކީ ޖޭވިއާގެ ސަރުކާރަށް ކާމިޔާބު ކުރެވިދާނެ ކަމެއްކަމާ މެދު ޝައްކު." ކެޕިޓަލް އިކޮނޮމިކްސްގެ ޗީފް އިމާޖިން މާކެޓްސް އިކޮނޮމިސްޓް ވިލިއަމް ޖެކްސަން ވިދާޅުވި އެވެ.