Last Updated: December 5, 23:15
Tuesday, December 5, 2023
ޚަބަރު

ހުޅުމާލޭގައި އެކްސިޑެންޓްވި އެކަކު އައިސީޔޫގައި

ހުޅުމާލޭގައި ރޭ ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހުންގެ ތެރެއިން އެކަކަށް ފަރުވާ ދެނީ އައިސީޔޫގައި ކަމަށް އޭޑީކޭ އިން ބުނެފި އެވެ.

އެ ހޮސްޕިޓަލުން ބުނީ އެތަނަށް ގެންދިޔަ ދެމީހުންގެ ތެރެއިން އެކަކަށް އައިސީޔޫގައި އަނެއް މީހާއަށް އެޗްޑީޔޫގައި ފަރުވާ ދެމުން ގެންދާ ކަމަށެވެ.

ރޭ އިރާކޮޅު ކާރަކާއި ތިން ސައިކަލު ޖެހިގެން މި އެކްސިޑެންޓު ހިނގާފައި ވަނީ ހުޅުމާލޭ ސެންޓްރަލް ޕާކު ކައިރީގަ އެވެ.

އެކްސިޑެންޓުގައި އަނިޔާވި މީހުނަށް ފަރުވާ ދޭން ފުރަތަމަ ގެންދިޔައީ ހުޅުމާލޭ ހޮސްޕިޓަލަށެވެ. ނަމަވެސް ފަހުން އޭގެ ތެރެއިން ދެ މީހުން އޭޑީކޭ ގެންދިޔައީ އެވެ. އަނިޔާވި އަނެއް މީހާއަށް ހުޅުމާލޭ ހޮސްޕިޓަލުން ފަރުވާ ދިނުމަށް ފަހު ވަނީ ދޫކޮށްލައިފަ އެވެ.

މި އެކްސިޑެންޓްގެ މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.