Last Updated: December 5, 23:15
Tuesday, December 5, 2023
ޚަބަރު

މަޖިލީހުގައި އެމްއެންޕީ އަށް ޕާޓީގެ ހައިސިއްޔަތު ގެއްލިއްޖެ

ގާނޫނުގައި ބުނާ މިންވަރަށް މިހާރު މެންބަރު ނެތުމުގެ ސަބަބުން ރައްޔިތުންގެ މަޖިލީހުގައި ޕާޓީއެެއްގެ ހައިސިއްޔަތު މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އަށް ގެއްލިއްޖެ އެވެ.

މަޖިލީހުގެ ޕާޓީ ތަމްސީލުކުރެވެނީ އެ ޕާޓީއެއްގެ މެންބަރުންގެ އަދަދު މަދުވެގެން ތިނެކަށް އަރާ ނަމަ އެވެ. ޕާޓީއެއްގެ ހައިސިއްޔަތު އެމްއެންޕީ އަށް ގެއްލުނީ އެ ޕާޓީގެ ތިން މެންބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ މުހައްމަދު އުޝާމް އާ ސަރުކާރުގެ އެޓާނީ ޖެނެރަލަކަށް އައްޔަންކުރެއްވުމާ ގުޅިގެންނެވެ.

އޭނަ ތަމްސީލު ކުރައްވަމުން ގެންދެވީ ވިލިމާލެ ދާއިރާ އެވެ.

މަޖިލީހުގައި މިހާރު ތިއްބެވީ އެމްއެންޕީގެ ދެ މެންބަރުންނެވެ. އެއީ ތިމަރަފުށީ ދާއިރާގެ މެންބަރު އަދި ކުރީގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒާއި ދަނގެތީ ދާއިރާގެ މެންބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ނާޒިމެވެ.