Last Updated: April 29, 06:03
Monday, April 29, 2024
ޚަބަރު

ހިޔާގެ ފުރަތަމަ ޓަވަރުން މާދަމާ ކަރަންޓް ކެނޑިދާނެ

ހިޔާ ޓަވަރުތައް ބޭރުން / ފޮޓޯ: އައްޑޫލައިވް

ހިޔާ ފްލެޓުގެ ފުރަތަމަ ޓަވަރުން މާދަމާ ކަރަންޓު ކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށް ސްޓެލްކޯ އިން ބުނެފި އެވެ.

ސްޓެލްކޯ އިން ބުނީ ހިޔާގެ ފުރަތަމަ ޓަވަރަށް ކަރަންޓު ދިނުމަށް ބޭނުންކުރާ ސަބްސްޓޭޝަންގެ ސުވިޗް ގިއަރަށް މީގެ ކުރިން ދިމާވި މައްސަލަ ހައްލު ކުރުމަށް ވަގުތީ ގޮތުން ބެހެއްޓި ސުވިޗް ގިއަރުގެ ބަދަލުގައި އާބަންކޯ އިން އައު ސުވިޗް ގިއަރެއް ފޯރުކޮށްދީފައިވާ ކަމަށެވެ.

އެ ސުވިޗު ގިއަރު ބަދަލު ކުރުމުގެ މަސައްކަތައް މާދަމާ ހިޔާގެ ފުރަތަމަ ޓަވަރުން ހެނދުނު 10:00 އިން 13:00 އަށް ކަރަންޓުގެ ހިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށް ސްޓެލްކޯ އިން ބުނެ އެވެ.

ސްޓެލްކޯ އިން ވަނީ މިކަމުގައި ދިމާވެދާނެ ދަތިތަކަށް މާފަށް އެދިފަ އެވެ.