Last Updated: May 23, 06:09
Friday, May 23, 2025
ޚަބަރު

ތާޖުއްދީނުން ފަލަސްތީނަށް 50،000ރ.

ފަަލަސްތީނަށް އެހީވާން މާލޭގެ ތާޖުއްދީން ސްކޫލުން ފަންޑް ފޮއްޓެއް ބަހައްޓައިގެން ހަރަކާތްތަކުން 50،000ރ. ހޯދައިފި އެވެ.

މި ފައިސާ މިހާރު ވަނީ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) އާ ވެސް ހަވާލުކޮށްފަ އެވެ.

ފަލަސްތީނަށް އެހީވާން ތާޖުއްދީން ސްކޫލުން ފަންޑްފޮށި ހުޅުވި އެ ސްކޫލްގެ ސްޓޫޑަންޓް ލީޑާސް ކައުންސިލުގެ ދަރިވަރުން އިސް ނަގައިގެންނެވެ. ފަންޑްފޮށި ހުޅުވީ ދެ ހަފުތާގެ މުއްދަތަށެވެ.

މިކަމާ ބެހޭ ގޮތުން ޖުއްދީން ސްކޫލުގެ ޕްރިންސިޕަލް ފާތިމަތު މުޙައްމަދު ވިދާޅުވީ،ސްކޫލް ކައުންސިލުގެ ދަރިވަރުން އެ ހަރަކާތް ހިންގަން ޕްރޮޕޯސަލެއް ހުށަހެޅި ކަމަށާއި އެ ޕްރޮޕޮސަލާ އެއްގޮތަށް އެ ހަރާކާތް ރާވާ އިންތިޒާމު ކުރީ ވެސް އެ ދަރިވަރުން އަމިއްލަ ކަމަށެވެ.

ފަލަސްތީނަށް އެހީވާން ރާއްޖޭގެ އެކި ހިސާބުތަކުގައި އަންނަނީ ފަންޑް އެއްކުރަން ތަފާތު ހަރަކާތްތައް ހިންގަމުންނެވެ.