ޑިމޮކްރެޓްސް ޕާޓީގެ އެތެރޭގެ ފުރަތަމަ އިންތިހާބުގެ ނަތީޖާ މިރޭ އިއުލާން ކުރުމަށް ނިންމައިފި އެވެ.
ޑިމޮކްރެޓްސް އިން ބުނީ ވަގުތީ ނަތީޖާ އިޢުލާންކުރުން މިރޭ 8 ޖަހާއިރު ޕާޓީގެ މައި އިދާރާގައި އޮންނާނެ ކަމަށެވެ.
ޑިމޮކްރެޓްސްގެ އެތެރޭގެ އިންތިހާބު ބާއްވާފައިވަނީ އިއްޔެ އެވެ. އެ އިންތިހާބުގައި ޑިމޮކްރެޓްސްގެ ރައީސްގެ މަގާމަށް ބޭފުޅަކު އިންތިހާބު ކުރުން އޮތް ނަމަވެސް، މިހާތަނަށް އައިއިރުވެސް އިންތިހާބުގެ ވަގުތީ ނަތީޖާ އިއުލާންކޮށްފައި ނުވާތީ ޕާޓީގެ އާންމު މެމްބަރުން ވަނީ ހިތްހަމަޖެހުން ފާޅުކޮށްފަ އެވެ.
ޑިމޮކްރެޓްސްގެ ރައީސް ކަމަށް ވާދަކުރެއްވީ އެ ޕާޓީގެ ވަގުތީ ޗެއާޕާސަން ހަސަން ލަތީފު އާއި އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު އެވެ. އިންތިހާބުގެ ވަގުތީ ނަތީޖާ އިއުލާން ނުކުރަނީސް ހަސަން ލަތީފު ވަނީ އިންތިހާބުގެ ކާމިޔާބީ އިއުލާންކުރައްވާފަ އެވެ.
އެ އިންތިހާބުގައި 5،883 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިފައިވެ އެވެ.