Last Updated: May 11, 11:51
Sunday, May 11, 2025
ޚަބަރު

މަޖިލީހުގެ ނައިބަކަށް އެމްޑީޕީގެ ފަރާތުން ސަލީމް

ހޯރަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމް --- ފޮޓޯ/ މަޖިލިސް

ހުސްވެފައިވާ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަގާމަަށް އެމްޑީޕީގެ ފަރާތުން ވާދަކުރާނެ މެންބަރަށް ހޮވުމަށް މިއަދު ނެގި ވޯޓް ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ކާމިޔާބު ކުރައްވައިފި އެވެ.

އެމްޑީޕީގެ ޕީޖީ ގުރޫޕުގެ ބައްދަލުވުމުގައި ނެގި ސިއްރު ވޯޓުން އެ މަގާމަށް ވާދަކުރަން ސަލީމްގެ ނަން ހުށަހަޅަން ވޯޓުގައި ބައިވެރިވި 55 މެންބަރުންގެ ތެރެއިން 26 މެންބަރުން ވަނީ ތާއީދުކުރައްވައިފަ އެވެ. އޭނާއާ ދެން ވާދަކުރެއްވި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް އަށް 23 ވޯޓު އަދި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ލިބިފައިވަނީ ހަތަރު ވޯޓެވެ.

މަޖިލީހުގެ ނައިބު ރައީސް ކަމަށް ބޭފުޅަކު އިންތިހާބު ކުރުމަށް މިރޭ 8:30 ގައި މަޖިލީހުގެ ޖަލްސާއެއް ބާއްވަން ވަނީ ނިންމާފަ އެވެ.

މަޖިލީހުގެ ނައިބު ރައީސްގެ މަގާމަށް ބޭފުޅަކު އިންތިހާބުކުރަން ޖެހުނީ އެ މަގާމުގައި ހުންނެވި މެންބަރު އީވާ އަބްދުﷲ މިއަދު އިސްތިއުފާ ދެއްވުމުންނެވެ.