Last Updated: May 11, 21:55
Sunday, May 11, 2025
ޚަބަރު

އައްޑޫ މާރާމާރީ: އިތުރު ފަސް މީހަކު ހައްޔަރުކޮށްފި

ސ. ހިތަދޫ.

އައްޑޫ ސިޓީ ހިތަދޫގައި ދެ ގްރޫޕެއްގެ މެދުގައި ހިނގި މާރާމާރީތަކާ ގުޅިގެން އިތުރު ބަޔަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ކޯޓު އަމުރެއްގެ ދަށުން މިއަދު ހައްޔަރުކޮށްފައިވަނީ 18 އަހަރާއި، 20 އަހަރާއި، 21 އަހަރުގެ އިތުރުން 23 އަހަރުގެ ދެ މީހުންނެވެ. މި އެންމެންނަކީ ވެސް ދިވެހި ފިރިހެނުންނެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން އިއްޔެ އާއި އަދި އޭގެ ކުރީ ދުވަހު ވެސް ބަޔަކު ހައްޔަރުކޮށްފައިވެ އެވެ. އޭގެތެރެއިން ބައެއް މީހުން މިހާރު ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.

މާރާމާރީތަކުގައި އަނިޔާވެފައިވަނީ އުމުރުން 30 އަހަރުގެ ފިރިހެނަކަށާއި 20 އަހަރުގެ ފިރިހެނަކަށެވެ. އޭގެތެރެއިން އެކަކަށް އައިޖީއެމްއެޗް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނައިރު އޭނާގެ ހާލު ސީރިއަސް އެވެ. އަނެއް މީހާ އަށް އަންނަނީ އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގައި ފަރުވާ ދެމުންނެވެ. އަދި އޭނާ ވެސް މާލެ ފޮނުވާލަން އަންނަނީ މަސައްކަތް ކުރަމުންނެވެ.

މާރާމާރީތަކާ ގުޅިގެން ފުލުހުން ވަނީ ހާއްސަ އޮޕަރޭޝަނެއް އައްޑޫގައި ފަށައިފަ އެވެ.