Last Updated: May 11, 21:55
Sunday, May 11, 2025
ޚަބަރު

ގުޅިގެން މަސައްކަތްކުރަން އެމްޑީޕީ-އަދާލަތު މަޝްވަރާކޮށްފި

އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު - ފޮޓޯ: ރައީސް އޮފީސް

ކުރިއަށް ހުރި އިންތިހާބުތަކުގައި އެމްޑީޕީ އާއި އަދާލަތު ޕާޓީ ގުޅިގެން މަސައްކަތްކުރުމާ މެދު މަޝްވަރާކޮށްފި އެވެ.

މި މަޝްވަރާ ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ މިއަދު އެމްޑީޕީގެ އޮފީހުގަ އެވެ.

އެމްޑީޕީން ބުނީ ކުރިއަށް ހުރި އިންތިހާބުތަކުގައި ދެ ޕާޓީ ގުޅިގެން ކުރެވިދާނެ ކަންކަން ދެނެގަތުމަށްޓަކައި އިތުރު ބައްދަލުވުންތަކެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އަދާލަތު ޕާޓީއަކީ 2015 އަހަރުން ފެށިގެން އެމްޑީޕީއާއެކު ގިނަ ސިޔާސީ މަސައްކަތްތަކެއް ކޮށްފައިވާ ޕާޓީއެކެވެ. އަދި 2018 ވަނަ އަހަރު އުފެދުނު އެމްޑީޕީގެ ސަރުކާރުގައި ކޯލިޝަން ޕާޓްނަރެއްގެ ގޮތުގައި ދައުރު ނިމުމާ ހަމައަށް އަދި 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވެސް އެމްޑީޕީއާއެކު އަދާލަތުން މަސައްކަތްކޮށްފައިވެ އެވެ.