Last Updated: May 11, 15:16
Sunday, May 11, 2025
ޚަބަރު

ހުޅުމާލޭގައި މީހަކަށް ވަޅިން ހަމަލާ ދީފި

ހުޅުމާލެ ހޮސްޕިޓަލް-

ހުޅުމާލޭގައި މީހަކަށް ވަޅިން ހަމަލާ ދީފި އެވެ.

ފުލުހުން ބުނީ ހުޅުމާލޭގެ ފޭސް ދޭއެއްގެ އެޕާޓްމެންޓެއްގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީފައިވާ ކަމުގެ ރިޕޯޓު ލިބިގެން އެ ސަރަހައްދުގައި ފުލުހުން މިހާރު ހަރަކާތްތެރިވަމުންދާ ކަމަށެވެ.

މި ހާދިސާގައި އަނިޔާވެފައިވަނީ ދިވެހި ފިރިހެނަކަށެވެ. އޭނާ މިހާރު ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު އޭނާ އަށް ލިބުނު އަނިޔާގެ ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.

މިފަހަކަށް އައިސް މާރާމާރީތައް އިތުރުވެފައިވާއިރު އައްޑޫ ސިޓީ ހިތަދޫގައި ވެސް ދާދިފަހުން ވަނީ ދެ މާރާމާރީއެއް ހިންގާފަ އެވެ. އެ މައްސަލަތަކާ ގުޅިގެން 10 މީހަކު ހައްޔަރުކޮށްފައިވާއިރު އެމީހުން މިހާރު ތިބީ ޝަރީއަތް ނިމެންދެން ބަންދުގަ އެވެ.