ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ސަރުކާރުގެ އެކި ވުޒާރާތަކުގެ މިނިސްޓަރުންގެ ނައިބުގެ މަގާމަށް އިތުރު ބޭފުޅުން ޢައްޔަނުކުރައްވައިފި އެވެ.
މިނިސްޓަރުންގެ ނައިބުގެ މަގާމަށް މީގެކުރިން ވެސް ގިނަ އަދަދެއްގެ ބޭފުޅުންތަކެއް ރައީސް މުއިއްޒު ވަނީ އައްޔަންކުރައްވާފަ އެވެ.
އަލަށް އައްޔަންކުރި ޑެޕިއުޓީ މިނިސްޓަރުން:
1- އަލީ ޖަނާހު: ފޮރިން މިނިސްޓްރީ
2- މުހައްމަދު އާރިފު: ލޯކަލް ގަވަމެންޓްރީ މިނިސްޓްރީ
3- އަލްއުސްތާޛާ މަރްޔަމް ޝިފާނާ ޢަލީ ސަލީމް: ހޯމް މިނިސްޓްރީ
4- ހަސަން މިރާސް: ފިނޭންސް މިނިސްޓްރީ
5- އާމިނަތު މުނާ: އެޑިއުކޭޝަން މިނިސްޓްރީ
6- އަހުމަދު މާއިސް: ޓޫރިޒަމް މިނިސްޓްރީ
7- އިބްރާހިމް އަލީމް: ހައުސިން މިނިސްޓްރީ
8- ފާތިމަތު ޒުހުރާ: އެގްރިކަލްޗާ މިނިސްޓްރީ
9- އަލްއުސްތާޛު ޢަބްދުﷲ މަޙްޒޫމް މާޖިދު: ޔޫތް މިނިސްޓްރީ
ސިޔާސީ މަގާމުތަކުގައި ތިއްބަވާ މުވައްޒަފުންގެ އަދަދު 700 އަށް ވުރެ އިތުރު ނުކުރައްވާނެ ކަމަށް ރައީސް މުއިއްޒު މީގެކުރިން ވަނީ ވިދާޅުވެފަ އެވެ.