Last Updated: July 27, 10:35
Saturday, July 27, 2024
ޚަބަރު

ފޭދޫ ސްކޫލްގެ ލީޑިން ޓީޗަރަކަށް ޕީއެޗްޑީ

އައްޑޫ ފޭދޫ ސްކޫލްގެ ލީޑިން ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުން ގެންދަވާ އަހުމީމާ ލުފުތީ ޕީއެޗްޑީ ހާސިލުކުރައްވައިފި އެވެ.

އެ ސްކޫލްގެ ހިސާބު ޑިޕާޓްމަންޓްގެ ހެޑެއްގެ ގޮތުގައި ވެސް ހުންނެވި ޝަހުމީމާ ޕީއެޗްޑީ ހާސިލުުރެއްވީ މެލޭޝިއާގެ މެނޭޖްމަންޓް އެންޑް ސައިންސް ޔުނިވަސިޓީ އެމްއެސްޔޫ) އިންނެވެ. އޭނަ މި ހޯއްދެވި ކާމިޔާބީއާ ގުޅިގެން ފޭދޫ ސްކޫލުން ވަރަށް ބޮޑަށް މަރުހަބާ ކިޔައި، އެކަމާ ވަރަށް ބޮޑަށް ފަހުރުވެރިވާ ކަމަށް ބުނެފައިވެ އެވެ.

ފޭދޫ ސްކޫލުން ސޯޝަލް މީޑިއާގައި އާންމުކުރި ޕޯސްޓެއްގައި ބުނީ އެ ސްކޫލް ޓީމްގައި މިހާރު ޕީއެޗްޑީ ހާސިލުކުރެއްވި ބޭފުޅަކު ހުންނެވުމަކީ ސްކޫލަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށާއި އެއީ ލިބުނު ވަރަށް ބޮޑު ޝަރަފަކާއި ފަހުރެއް ކަމަށެވެ. އެހެންވެ ސްކޫލްގެ މެނޭޖްމަންޓާއި ހުރިހާ މުވައްޒަފުންނާއި ދަރިވަރުންނާއި ބެލެނިޗެރިންގެ ނަމުގައި މަރުހަބާ ކިޔާ ކަމަށް ބުންޏެވެ.

ފޭދޫ ސްކޫލުން ބުނީ އައްޑޫ މީދު އަށް ނިސްބަތްވާ އަހްމީމާގެ އެ ކާމިޔާބި އަކީ އޭނަ ތައުލީމީ ގޮތުން ކުރިއަށް ވަޑައިގެންނަވަން ބެހެއްޓެވި ޝައުގުވެރިކަމާއި ބުރަ މަސައްކަތުގެ ނަތީޖާ ކަމަށެވެ.

ގްރޭޑް 10 އާ ހަމައަށް ކިޔަވައި ދެމުން އަންނަ ފޭދޫ ސްކޫލަކީ އެ އަވަށުގެ ހަމައެކަނި ސްކޫލެވެ. އެ ސްކޫލަށް މިހާރު 51 އަހަރެވެ.

މަރަދޫ ސްކޫލްގެ ޕްރިންސިޕަލަކަށް ހުންނެވި އަބްދުއްލަތީފު ވެސް ދާދި ފަހުން ވަނީ ޕީއެޗްޑީ ހާސިލުކުރައްވައިފަ އެވެ. ހިތަދޫ ސްކޫލްގެ ޕްރިންސިޕަލް އާސިޔަތު މުހައްމަދުދީދީ އަކީ ވެސް ޕީއެޗްޑީ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.