Last Updated: April 28, 11:45
Sunday, April 28, 2024
ޚަބަރު

ޖެނިފާ މޯލްޑިވިއަންގެ ޑީއެމްޑީކަމުން ވަކިކޮށްފި

އައިލެންޑް އޭވިއޭޝަން ސާވިސަސް (އައިއޭއެސް) ގެ ޑެޕިއުޓީ މެނޭޖިން ޑައިރެކްޓާ އައިޝަތް ޖެނިފާ އެ މަގާމުން ވަކިކޮށްފި އެވެ.

ޖެނިފާ މަގާމުން ވަކިކޮށްފައިވަނީ ކުންފުނީގެ ބޯޑަށް ލިބިގެންވާ ބާރުގެ ދަށުން ވަކި ސަބަބެއް ހާމަ ނުކޮށް ކަމަށް ޖެނިފާ ވަނީ ބުނެފައެވެ.

ޖެނިފާ ވަނީ 25 އަހަރުގެ ދިގު މުއްދަތަކަށް އެކުންފުންޏަށް ހިދްމަތްކޮށްފައެވެ. މޯލްޑިވިއަން ހިންގާ އައިއޭއެސްގެ ޑީއެމްޑީކަމަށް އޭނާ އައްޔަންކޮށްފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި 27 ޑިސެމްބަރ 2018ގައެވެ.

މީގެ ކުރިން ޖެނިފާ ވަޒީފާ އަދާކުރެއްވީ މޯލްޑިވިއަންގެ ކާގޯ ޑިޕާޓްމަންޓުގެ ޑެޕިއުޓީ ހެޑްގެ ގޮތުގައެވެ، އޭނާ އެމަގާމުގައި ހުއްޓާ 2016 ވަނަ އހަަރު ވަނީ ވަޒީފާއިން ވަކިކޮށްފައެވެ. އަދި ފަހުން ޓްރައިބިއުނަލްއިން ވަނީ ޖެނިފާ ވަޒީފާއިން ވަކިކުރީ އުސޫލާއި ހިލާފަށްކަމަށް ނިންމައި އަލުން ވަޒީފާ ދިނުމަށް ހުކުމްކޮށްފައެވެ.