Last Updated: July 27, 09:37
Saturday, July 27, 2024
ޚަބަރު

ދީނީ ޗެނެލަށް ކިޔާނީ "ނޫރު ޓީވީ"

މި މަހުގެ ތެރޭގައި ލޯންޗްކުރަން ނިންމާފައިވާ ދީނީ ޗެނެލަށް ކިޔާނީ "ނޫރު ޓީވީ" ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމު އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ޗެނަލަށް ކިޔާނެ ނަމެއް ކަނޑައަޅައި އެކަން މިނިސްޓަރު ސޯޝަލް މީޑިއާގައި އިއުލާންކުރެއްވި އިރު، މީގެ ހަފުތާއެއްހާ ދުވަސް ކުރިން ޗެނަލަށް ކިޔާނެ ނަމެއް ހޯދަން އާންމުންގެ ހިޔާލަށް ވެސް ހުޅުވައިލި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ޗެނެލް މި މަހުގެ 25 ގައި ލޯންޗްކުރާނެ ކަމަށެވެ. މިއީ ދީނީ މައުލޫމާތު ފަތުރައި، ދީނީ ކަންކަމަށް ހޭލުންތެރިކަން އުފެއްދުމުގެ މަގުސަދުގައި ސަރުކާރުން އުފައްދާ ޓީވީ ޗެނެލެކެވެ.

ރާއްޖޭގައި މިހާރު ހިންގާ ދީނީ ޓީވީ ޗެނެލްތަކުގެ ތެރޭގައި "ދާރިސް ޓީވީ" އާއި "އަލް ކައުނު" ހިމެނެ އެވެ.