Last Updated: July 27, 10:14
Saturday, July 27, 2024
ޚަބަރު

އަލީ ރަމީޒުގެ ވައުދެއް މިއޮތީ ފުއްދާފައި!

އަލީ ރަމީޒު ކުރިން ކިޔާފައިވާ މަގުބޫލު މަދަހެެއް ކަމަށްވާ "ތިޔައޭ ރަސޫލަކީ" އަލުން ރެކޯޑްކޮށް ގެނެސްދޭން ވި ވައުދާ އެއްގޮތަށް އެ މަދަހަ ރޭ އާންމުންނަށް ދޫކޮށްލައިފި އެވެ.

މި ފަހަރު މަދަހަ ކިޔާފައި އޮތީ ކުރިން ގެނެސްދިން އޮރިޖިނަލް މަދަހާ ތަންކޮޅެއް ތަފާތުކޮށެވެ. ޅެން އެއްގޮތް ނަމަވެސް މަދަހަ ކިޔާފައިވާ ގޮތް އޮރިޖިނަލް މަދަހާ ތަފާތެވެ. އެކަމަކު މިއީ އަޑު އަހައިލަން ހިތްގައިމު އަދި އަލީ ރަމީޒުގެ ހުނަރުވެރިކަން ވެސް ދައްކުވައި ދޭ މަދަހައެކެވެ.

"ތިޔައޭ ރަސޫލަކީ" ރޭ އާންމުކުރީ އެއަށް ހާއްސަކޮށްގެން ތައްޔާރުކުރި ކުރެހުންތަކެއް ވެސް ހިމަނައިގެން ވީޑިއޯއަކާ އެކީގަ އެވެ. މަދަހަ މިހާރު އަންނަނީ އަލީ ރަމީޒު ހިއްސާވާ ދާރިސް ޓީވީން ވެސް ގެނެސްދެމުންނެވެ.

"ތިޔައޭ ރަސޫލަކީ" އަލުން ރެކޯޑްކޮށް ގެނެސްދޭން އޭނަ ނިންމީ "ޓަޗް ހުރިތޯ" ބަލާލަން ކަމަށް ބުނެ މަދައިގެ ކަޑިތަކެއް ކިޔާ މަންޒަރު ފެންނަ ވީޑިއޯކޮޅެއް މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި އާންމުކުރުމުން، މުޅި މަދަހަ އަލުން އެއްކޮށް ގެނެސްދޭން ވަރަށް ގިނަ ބަޔަކު އެދުމާ ގުޅިގެންނެވެ.

ރޭ މަދަހަ އާންމުކުރުމާ އެލީ ވަރަށް ގިނަ ބަޔަކު ސޯޝަލް މީޑިއާގައި އަލީ ރަމީޒަށް ޝުކުރު އަދާކޮށް، ތައުރީފު ވެސް ކޮށްފައިވެ އެވެ.