Last Updated: May 1, 00:08
Tuesday, April 30, 2024
ދުނިޔެ

އެމެރިކާ އިން ހަނދަށް ދިއުން ފަސްކޮށްފި

އެމެރިކާ އިން އަލުން ހަނދަށް ދާން ފަށާފައި އޮތް މަސައްކަތް އަނެއްކާ ވެސް ފަސްކޮށްފި އެވެ.

"އާޓެމިކްސް" ކިޔާ ބޮޑު މިޝަންއެއްގެ ދަށުން އެމެރިކާ ޖައްވީ އިދާރާ، ނާސާ އިން ކުރިން އަމާޒު ހިފާފައި އޮތީ މި އަހަރުގެ ފަހުކޮޅު ނުވަތަ އަންނަ އަހަރުގެ ކުރީކޮޅު އެސްޓްރޮނޯޓުންތަކެއް ހަނދަށް ފޮނުވުމަށެވެ. ނަމަވެސް މިކަން މިހާރު ވަނީ 2026 ސެޕްޓެމްބަރު މަހާ ހަމައަށް ފަސްކޮށްފަ އެވެ.

ނާސާ އިން ބުނީ ހަނދަށް ކުރާ ދަތުރު ފަސްކުރަން ޖެހުނީ "އާޓެމިސް 3 މިޝަން" އަށް ތައްޔާރުވާން އަދިވެސް އިތުރު ވަގުތު ބޭނުންވާތީ ކަމަށެވެ. އެގޮތުން މިކަމަށް އިތުރު ޓެކްނޮލޮޖީ ބޭނުންވާ ކަމަށާއި ބޭނުން ވަނީ ވީހާ ވެސް ފުރިހަމަ، ޓެކްނޮޖޮލޯގެ ގޮތުން ވަރަށް ވަރުގަދަ ތައްޔާރީތަކަށް ފަހު ދަތުރު ފަށަން ކަމަށް ބުންޏެވެ.

"އެހެންވީމަ އަހަރެމެންނަށް އެންމެ ފުރިހަމަ އަށް ތައްޔާރުވެވުނީމަ ނޫނީ މި ދަތުރު ކުރިއަށް ނުގެންދާނެ." ދަތުރު ފަސްކުރަން ނިންމިކަން އިއުލާން ކުރައްވައި ނާސާގެ އެޑްމިނިސްޓްރޭޓަރު ބިލް ނެލްސަން ވިދާޅުވި އެވެ.

ހަނދަށް ކުދާ ދަތުރަށް ބޭނުންވާ އުޅަނަދާއި ދަތުރުގައި ބައިވެރިވާ އެސްޓްރޮނޯޓުން ބޭނުން ކުރާ ސްޕޭސްސޫޓް ފަދަ އެއްޗިއްސަކީ މިކަމަށް ތައްޔާރުވުމުގައ އެންމެ ބޮޑަށް އިސްކަންދޭ ކަންކަން ކަމަށް ނާސާ އިން ބުންޏެވެ.

ނާސާ އިން ނިންމާފައި އޮތީ ހަނދަށް އަލުން ކުރާ ދަތުރުގައި ހަތަރު އެސްޓްރޮނޯޓަލު ބައިވެރިކުރާށެވެ. މުޅިން އަލަށް އަންހެން އެސްޓްރިނޯޓަކު ވެސް ހިމެނޭ އެ ޓީމް މިދިޔަ އަހަރުގެ އެޕްރީލްގައި ނާސާ އިން އިއުލާންކޮށްފައިވެ އެވެ. އެއީ ވިކްޓާ ގްލޯވާ، 46، އާއި ރީޑް ވައިސްމަން، 47، ޖެރެމީ ހެންސެން، 47، ގެ އިތުރުން ކްރިސްޓީނާ ކޮޗް، 44، އެވެ

އެމެރިކާ އިން ފުރަތަމަ ހަނދަށް ދިޔައީ 1969 ގަ އެވެ. އަދި އެ ޝަރަފު ލިބުނު ފުރަތަމަ އެސްޓްރޮނޯޓަކީ 2012 ގައި މަރުވެފައިވާ ނީލް އާމްސްޓްރޯންގެވެ.