Last Updated: July 4, 11:15
Friday, July 4, 2025
ޚަބަރު

ވީއައިއޭ އިން ކަރަންޓު ކެނޑިއްޖެ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އިން ކަރަންޓު ކެނޑިއްޖެ އެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލް އިން ބުނީ އެއާޕޯޓްގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑިފައިވާ ކަމަށެވެ. އެއާޕޯޓުގެ ޓެކްނިކަލް ޓީމުން އެ މައްސަލަ ހައްލުކުރަން މަސައްކަތް ކުރަމުންދާ ކަމަށް އެމްއޭސީއެލް އިން ބުނެ އެވެ.

އެމްއޭސީއެލްއިން ވަނީ އެއާޕޯޓުން ކަރަންޓް ކެނޑުމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށް މައާފަށް އެދިފަ އެވެ.

ވީއައިއޭ އިން ކަރަންޓު ކެނޑެން ދިމާވި ސަބަބެއް މިހާތަނަށް އެނގިފައެއް ނުވެ އެވެ.