Last Updated: October 8, 10:15
Tuesday, October 8, 2024
ޚަބަރު

ތިމާވެށީގެ ދާއިރާ އިން ކިޔަވަން ލާމުން ސްކޮލަޝިޕް

މަހަކު 4،500ރ. ގެ އެލަވަންސެއް ވެސް ލިބޭ ގޮތަށް ލ. އަތޮޅަށް ތިމާވެށީގެ ދާއިރާ އިން ހިލޭ ކިޔެވުމުގެ ފުރުސަތު ދޭ ސްކޮލަޝިޕް ސްކީމަކަށް ތިމާވެއްޓާ ބެހޭ މިނިސްޓްރީން ހުޅުވާލައިފި އެވެ.

މިއީ އެ މިނިސްޓްރީ އާއި ގައުމީ ޔުނިވަސިޓީ ގުޅިގެން ހުޅުވައިލި އެޑްވާންސް ސެޓްފިކެޓް އިން އެންވަޔަރަމަންޓަލް މެނޭޖްމަންޓް ކޯހެކެވެ. އެހެންވެ ޝައުގުވެރިވާ މީހުންނަށް ސްކޮލަޝިޕަށް އެޕްލައި ކުރުމުގެ ފުރުސަތު މި މަހުގެ 25 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ. މިކަމާ ބެހޭ އިތުރު މައުލޫމާތު ލ. އަތޮޅުގައި ހުންނަ އެންދެރި އޮފީހުގެ ނަމްބަރު 7257321 އިން ލިބޭނެ އެވެ.

ސްކޮލަޝިޕްގެ ފުރުސަތު ދޭން ހަމަޖެހިފައި ވަނީ 15 ދަރިވަރަކަށެވެ. މި ސްކޮލަޝިޕްގެ ކިޔެވުން ކުރިއަށް ގެންދާނީ ލ. ގަމުގައި ހުންނަ ގައުމީ ޔުނިވަރސިޓީގެ ކެމްޕަހުގައި އެއް އަހަރަށް ދެ ސެމިސްޓަރަށެވެ.

ސްކޮލަޝިޕަށް ހޮވޭ ދަރިވަރުންނަށް މަހަކު 4500ރ. ރުފިޔާ އެލަވަންސެއްގެ އިތުރުން އެސްޓެބްލިޝްމަންޓް އެލަވަންސްގެ ގޮތުގައި 1،000ރ. އާއި ބުކް އެލަވަންސްގެ ގޮތުގައި 2،000ރ. އާއި ޑިޕާޗަ އެލަވަންސްގެ ގޮތުގައި 500ރ. ވެސް ލިބޭނެ އެވެ.