Last Updated: May 19, 06:08
Sunday, May 19, 2024
ޚަބަރު

މޫސުމީ ބަދަލުތަކަށް ހަރުދަނާ ފިޔަވަޅުތަކެއް މުހިއްމު

ދުނިޔެ އަށް ކުރިމަތިވެފައިވާ މޫސުމީ ބަދަލުތަކަށް ހައްލުތަކެއް ހޯދަން ހަރުދަނާ ފިޔަވަޅުތަކެއް ބޭނުންވާ ކަމަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު ވިދާޅުވެއްޖެ އެވެ.

ޔުގަންޑާގެ ކަމްޕާލާގައި ކުރިއަށްދާ ނޮން-އެލައިންޑް މޫވްމަންޓް (ނާމް) ގެ 19 ވަނަ ސަމިޓުގައި ރާއްޖޭގެ ފަރާތުން ތަޤުރީރު ކުރައްވައި ނައިބު ރައީސް މޫސުމީ ބަދަލުތަކުގެ މައްސަލަ އަކީ ވަކި ބައްރަކަށް ކުރިމަތިވެފައިވާ މައްސަލައެއް ނޫން ކަމަށާއި، ލިބިފައިވާ ހުންނަ ވަޞީލަތްތައް މަދުކަމާއެކު މީގެ ގެއްލުންތަކާ އެންމެ ބޮޑަށް ކުރިމަތިލާން ޖެހެނީ ތަރައްޤީވަމުން އަންނަ ޤައުމުތަކަށް ކަމަށެވެ.

އެ މަނިކުފާ ވިދާޅުވީ އަދުގެ ދުނިޔޭގައި ކުރިމަތިވަމުން އަންނަ އައު މައްސަލަތަކާ ކުރިމަތިލުމުގައި ނާމްއިން ގުޅުންތައް އިތުރަށް ވަރުގަދަކުރުން މުހިންމު ކަމަށާއި މުޅި ބައިނަލްއަޤްވާމީ މުޖުތަމަޢާއި ތަފާތު ޤައުމުތައް އެކުވެގެން އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތްކުރުމަކީ ރާއްޖެއިން އަބަދުވެސް ގަބޫލުކުރާ ގޮތް ކަމަށް ވިދާޅުވި އެވެ.