Last Updated: July 27, 15:08
Saturday, July 27, 2024
ޚަބަރު

ދާންދޫގެ ދެވަނަ "ނަމާދު ޕްރޮގްރާމް" އަށް ހުޅުވާލައިފި

އިސްލާމް ދީނުގެ ތަނބު ކަމަށްވާ ނަމާދަށް ފަރުވާ ބަހައްޓާ ޖީލެއް ބިނާކުރަން ގއ. ދާންދޫގައި ކުރިއަށް ގެންދަން ނިންމާފައިވާ ނަމާދުގެ ޕްރޮގްރާމެއްގައި ބައިވެރިވާން އެ ރަށު ކައުންސިލުން ހުޅުވާލައިފި އެވެ.

ދާންދޫ ކައުންސިލުން ބުނީ މިއީ "ނަމާދަށް އަހުލުވެރި އާ ޖީލެއް" މަޝްރޫއުގެ ދަށުން ހިންގާ ދެ ވަނަ "ނަމާދު ޕްރޮގްރާމް" ކަމަށެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދަން ނިންމާފައި ވަނީ ކައުންސިލާއި ޒިކުރާ އިންޓަނޭޝަނަލް ކޮލެޖް ގުޅިގެންނެވެ.

"ނަމާދު ޕްރޮގްރާމް" އަމާޒުކޮށްފައި ވަނީ ދާންދޫ ސްކޫލުގައި ކިޔަވަމުންދާ އުމުރުން 13 އަހަރާއި 14 އަހަރުގެ ދެ ޖިންސުގެ ދަރިވަރުންނަށެވެ. ޕްރޮގްރާމުގެ މުއްދަތަކީ 15 ދުވަހެވެ. ޕްރޮގްރާމު ފަށަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 7 ގަ އެވެ.

އެހެންވެ މި ލިންކް https://forms.gle/YWb2V86TtLDM2X8o9 މެދުވެރިކޮށް އެޕްލައި ކުރެވޭނެ އެވެ. އަދި ޕްރޮގްރާމާ ގުޅޭ އިތުރު މައުލޫމާތު "ނަމާދު ޕްރޮގްރާމް" ގެ ފޯކަލް ޕޮއިންޓް/ކައުންސިލް އެގްޒެކެޓިވް، މުޙައްމަދު ޢަލީ 7830720 އަށް ގުޅައިގެން ހޯދޭނެ އެވެ.