Last Updated: May 19, 06:08
Sunday, May 19, 2024
ޚަބަރު

ފިއުލް ފާމް މާގިރިފަޅަށް ބަދަލުކުރުމަކީ ފަރަށް ދެވޭ ގެއްލުމެއް

ރާއްޖޭގެ އެންމެ ތަޖުރިބާކާރު އެއް ޑައިވަރު ޒޫނާ ނަސީމް - ފޮޓޯ: ފިޝަރީޒް މިނިސްޓްރީ

މާލެ އަތޮޅު ފުނަދޫގައި ގާއިމުކޮށްފައިވާ ފިއުލް ސްޓޯރޭޖް މާލެ އަތޮޅު މާގިރިފަޅަށް ބަދަލުކުރުމަކީ ރާއްޖޭގެ ފަރުތަކަށް ދެވޭ ގެއްލުމެއް ކަމަށް ރާއްޖޭގެ އެންމެ ތަޖުރިބާކާރު އެއް ޑައިވަރު ޒޫނާ ނަސީމް ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ އޮފީހުގެ ޕަބްލިކް ޕޮލިސީ ސެކްރެޓަރީ އަބްދުﷲ ނާޒިމް ވިދާޅުވީ ފިއުލް ފާމް ބަދަލުކުރުމުގެ ކަންކަން އެސްޓީއޯއާ ހަވާލުކޮށްގެން ކުރިއަށް ގެންދަން އިކޮނޮމިކް ކައުންސިލުން ނިންމާފައިވާ ކަމަށެވެ.

މިކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޒޫނާ ވިދާޅުވީ މާގިރިއަކީ ކޮންމެ މޫސުމެއްގައި ޑައިވްކުރެވޭ އެތައް ޑައިވް ޕޮއިންޓްތަކެއް ވަށައިގެންވާ އަދި ފަތުރުވެރިންގެ މެދުގައި އެހާމެ މަގުބޫލު ފީނާ އެއް ސަރަހައްދު ކަމަށެވެ.

"މިއީ ފަތުރުވެރިކަމަށާއި ރާއްޖޭގެ މި ނާޒުކު ފަރުތަކައް ދެވޭނެ ފޫނުބެއްދޭ ވަރު ގެއްލުމެއް،" ޒޫނާ ވިދާޅުވި އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތިން ގުނައަށް ބޮޑުކޮށް ތަރައްގީ ކުރުމުގެ މަޝްރޫއު އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ފިއުލް ސްޓޯރޭޖް ބަދަލުކުރުމުގެ މަސައްކަތް 18 މަހާއި 24 މަސް ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަަށެވެ. އަދި
ފުނަދޫގައި ބައިނަލްއަގްވާމީ ފައިނޭންޝަލް ސެންޓަރެއް ގާއިމުކުރުމަކީ މި ސަރުކާރުގެ ތަސައްވުރެއް ކަމަށްވެސް ރައީސް ވިދާޅުވި އެވެ.