Last Updated: May 4, 06:57
Sunday, May 4, 2025
ޚަބަރު

އެއްމެދު ޢިމާރާތްތަކުގެ ރަޖިސްޓްރޭޝަނަށް ޕޯޓަލެއް

އެއްމެދު ޢިމާރާތްތަކުގެ ރަޖިސްޓްރޭޝަން މަރުޙަލާ ފުރިހަމަ ކުރުމަށް 'ސްޓްރާޓާ ޕޯޓަލް' ލޯންޗުކޮށްފި އެވެ.

މި ޕޯޓަލް ރަސްމީކޮށް ލޯންޗުކޮށްދެއްވީ ކުރީގެ ހައުސިން އެންޑް އާބަން ޑިވަލޮޕްމަންޓްގެ މިނިސްޓަރު، އިބްރާހީމް ރަފީގް އެވެ. މިއީ ސަރުކާރުގެ ފުރަތަމަ 14 ހަފްތާ މަގުޗާޓުގައި ހިމަނާފައިވާ މަސައްކަތެކެވެ.

ހައުސިން ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓުން މިނިސްޓްރީން ބުނީ އެއްމެދު އިމާރާތް ނުވަތަ "ސްޓްރާޓާ ސްކީމް" އަކީ އިމާރާތެއް ނުވަތަ އިމާރާތްތަކެއްގައި ހިމެނޭ ޔުނިޓްތައް ވަކިވަކި ފަރުދުންނަށް މިލްކުކުރެވޭގޮތައް ހަދާފައިވުމާއެކު، އެ އިމާރާތް ނުވަތަ އިމާރާތްތަކުގައި ހިމެނޭ އާންމު ތަންތަން ހުރިހާ ޔުނިޓްތަކުގެ މިލްކުވެރި ފަރާތްތަކުގެ މެދުގައި ހިއްސާވެ އެތަންތަން ހިންގައި ބެލެހެއްޓުން ކަމަށެވެ.

މިއަދު ލޯންޗުކުރި ޕޯޓަލް އިން އެއްމެދު އިމާރާތްތައް ރަޖިސްޓްރީ ކުރުމުގެ އިތުރަށް އެއްމެދު އިމާރާތްތަކަށް ނިސްބަތްވާ މެނޭޖުމަންޓް ކޯޕަރޭޝަންތައް ރަޖިސްޓްރީކޮށް ސަރުކާރުން އެ ތަންތަން ރެގިއުލޭޓް ކުރުމުގެ މަސައްކަތްތައް ކުރެވޭނެ އެވެ.

މިނިސްޓްރީން ބުނިގޮތުގައި މިއީ ރާއްޖޭގައި ރިއަލް އެސްޓޭޓް ވިޔަފާރި ފުޅާކުރުމަށްޓަކައި އެ ދާއިރާގެ ކުންފުނިތަކުން ތަރައްގީކުރާ މަޝްރޫއުތައް އެއްމެދު އިމާރާތްތަކުގެ ގޮތުގައި ރަޖިސްޓްރީކުރުމާއި ގަނެވިއްކުމާއި އަދި ހިންގައި ބެލެހެއްޓުމާ ގުޅޭ ކަންކަން މަގުފަހި ކުރުމަށް ފަރުމާކުރެވިފައިވާ ޕޯޓަލެކެވެ.