Last Updated: May 19, 00:16
Saturday, May 18, 2024
ޚަބަރު

ފަރުތަކާ ގުޅޭ މައުލޫމާތު ސެޝަނެއް މިރޭ އައްޑޫގައި

ކައުންސިލް އިދާރާ. ފޮޓޯ/ އަލީ ނާސިރު

ފަރުތަކުގެ ދުޅަހެޔޮކަމާ ގުޅޭ ގޮތުން ކުރިއަށް ގެންދާ "މޯލްޑިވްސް ރެޒިލިއަންޓް ރީފް އިކޯ ސިސްޓަމް ފޮ ދަ ފިއުޗަ ޕްރޮޖެކްޓް" އާ ބެހޭ މައުލޫމާތު ދޭން ހާއްސަކޮށްގެން އައްޑޫގައި މިރޭ ސެޝަނެއް ބާއްވަން ހަމަޖެހިއްޖެ އެވެ.

މި ސެޝަން އޮންނާނީ މިރޭ 8:00 އިން 9:00 އަށް އައްޑޫ ސިޓީ ކައުންސިލް އިދާރާގަ އެވެ.

މި ސެޝަން ހާއްސަކޮށްފައި ވަނީ އާންމު ރައްޔިތުންނަށާއި ޖަމިއްޔާ ޖަމާއަތްތަކަށާއި ޑައިވް ސެންޓަރުތަކާއި ޓޫރިޒަމާއި ދަނޑުވެރިކަމާއި މަސްވެރިންގެ އިތުރުން އެހެން ވެސް ތަފާތު ވިޔަފާރީގައި އުޅޭ ފަރާތްތަކަށެވެ.

މި ސެޝަނަކީ އެންވަޔަރަމަންޓް މިނިސްޓްރީ އާއި ޔޫއެންޑީޕީ މޯލްޑިވްސް ގުޅިގެން ބާއްވާ ސެޝަނެކެވެ.