އައްޑޫ ފޭދޫ ދަރިވަރުންނަށް ހާއްސަކޮށްގެން ބާއްވާ ޤުރުއާން މުބާރާތެއްގައި ބައިވެރިވާން ހުޅުވާލައިފި އެވެ.
ފޭދޫ ސްކޫލާ ގުޅިގެން އަވަށު އޮފީހުން އިންތިޒާމުކޮށް "ފޭދޫ ޤުރުއާން މުބާރާތް 2024" ގެ ނަމުގައި ބާއްވާ މުބާރާތުގައި ބައިވެރިވާން އެދި ހުށަހަޅަން ޖެހެނީ މި މަހުގެ 31 ގެ މެންދުރު ފަހު 2:00 ގެ ކުރިންނެވެ. މި ލިންކް https://docs.google.com/forms/d/e/1FAIpQLScFB3CBVag1Vou5ouseddxoKf8dlYq0mjMGmsctb_JYomYnfA/viewform?fbclid=IwAR1Cr9RL7FwDBXnDHz_JGjZlv6gt7BnbozrAUcWBuz7q9tagBeY7Xz0uY4o މެދުވެރިކޮށް މުބާރާތަށް އެޕްލައި ކުރެވޭނެ އެވެ. އަދި މުބާރާތާ ބެހޭ އިތުރު މައުލޫމާތު މި ނަމްބަރު 7636649 އިން ލިބޭނެ އެވެ.
އަވަށު އޮފީހުން ބުނީ ޤުރުއާން މުބާރާތުގައި ދަރިވަރުންނަށް ދެ ކެޓަރީއަކުން ބައިވެރިވޭނެ ކަމަށެވެ. އެއީ ފޭދޫ ސްކޫލްގެ ދަރިވަރުންނަށް ހާއްސަ ކެޓަގަރީ އާއި އެ އަވަށުގައި ރަޖިސްޓްރީ ނަމަވެސް އައްޑޫގެ އެހެން އަވަށްތަކުގެ ސްކޫލްތަކުގައި ކިޔަވާ ދަރިވަރުންގެ ކެޓަގަރީ އެވެ.
މުބާރާތުގެ ކިޔެވުން އޮންނާނީ ވެސް ދެ ކެޓަގަރީއަކަށެވެ. އެއީ ބަލައިގެންނާއި ނުބަލައި ކިޔެވުމެވެ. މުބާރާތް ހާއްސަކޮށްފައި ވަނީ "6 ސްޓޭޖް" އަށެވެ.
* ކީ ސްޓޭޖް 1 (ގްރޭޑް 1-3)
* ކީ ސްޓޭޓް 2 (ގްރޭޑް 4-6)
* ކީ ސްޓޭޖް 3 (ގްރޭޑް 7-8)
* ކީ ސްޓޭޖް 4 (ގްރޭޑް 9-10)
* ކީ ސްޓޭޖް 5 (ގްރޭޑް 11-12)
* ފައުންޑޭޝަން ސްޓޭޖް (އެލްކޭޖީ-ޔޫކޭޖީ)
މުބާރާތުގެ ވަނަތައް ހޮވާ ގޮތަށް ބަލާއިރު، ފޭދޫ ސްކޫލްގެ ދަރިވަރުންނަށް ހާއްސަ ކެޓަގަރީން ދެ ޖިންސްގެ ވަކިވަކިން ބަލައިގެންނާއި ނުބަލައި ކިޔެވުމިހެ ބައިން އަންހެން ފިރިހެން ވަކިން 3،2،1 ހޮވާނެ އެވެ. އަނެއް ކެގަޓަރީން ހޮވާނީ 3،2،1 އެވެ.
އަވަށު އޮފީހުން ބުނީ މި މުބާރާތުގެ މަގުސަދަކީ ދަރިވަރުންގެ ހިތްތަކުގައި ޤުރުއާނަށް ލޯބި ޖައްސައި، ޤުރުއާން ކިޔެވުމުގެ ފަންނު ދިރުވައި އާލާކުރުމެވެ.