Last Updated: July 27, 14:13
Saturday, July 27, 2024
ޚަބަރު

އައްޑޫގައި ނައިޓް މާކެޓެއް ބާއްވަނީ

އައްޑޫގައި ނައިޓް މާކެޓެއް ބާއްވަން ނިންމައި އޭގައި ބައިވެރިވާން ވިޔަފާރިތަކަށް ހުޅުވާލައިފި އެވެ.

ކައުންސިލުން ބުނީ މި ނައިޓް ބާއްވަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 10-16 އަށް ހިތަދޫގައި ކަމަށެވެ. އެހެންވެ ބައިވެރިވާން ޝައުގުވެރިވާ ވިޔަފާރިތަކުން ސްޓޯލް ހޯދުމަށް އަންނަ މަހުގެ 5 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ. މިކަމަށް އެދޭ ފޯމް ދޫކުރާނީ ހިތަދޫ އަވަށު އޮފީހުންނެވެ.

އިތުރު މައުލޫމާތު މި ނަންބަރަށް 6885753 ގުޅައިގެން ހޯދޭނެ އެވެ.

މީގެ އަހަރުތަކެއް ކުރިން ވެސް ރޯދަ މަހާ ދިމާކޮށް އައްޑޫގައި ނައިޓް މާކެޓްތަކެއް ބާއްވާފައިވެ އެވެ. އަދި އެކަމަށް ވިޔަފާރިތަކާއި އާންމުންގެ ފަރާތުން ވެސް ބޮޑު ތަރުހީބެއް ލިބިފައިވެ އެވެ.