Last Updated: July 27, 14:36
Saturday, July 27, 2024
ޚަބަރު

އިސްރަށްވެހިންނަށް ޤުރުއާން މުބާރާތެއް

ކުރިއަށް އޮތް ރޯދަ މަހު އެސްއެސް ޓީވީން އިސްރަށްވެހިންނަށް ހާއްސަކޮށްގެން ބާއްވަން ހަމަޖެހިފައިވާ ޤުރުއާން މުބާރާތުގައި އައްޑޫން ވެސް ބައިވެރިވާން ހުޅުވާލައިފި އެވެ.

މި މުބާރާތަކީ އެ މީހަކު ހުރި ތަނެއްގައި ހުރެގެން ފޯނުން ނުވަތަ ކެމެރާއަކުން ކިޔެވުން ވީޑިއޯ ރިކޯޑްކޮށް ފޮނުވައިގެން ބައިވެރި ވެވޭގޮތަށް ހަމަޖެހިފައިވާ މުބާރާތެކެވެ. އެހެންވެ މުބާރާތުގައި ބައިވެރިވާން ޝައުގުވެރިވާ އިސްރަށްވެހިން އެސްއެމްއެސް ކުރުމުން އެސްއެސްޓީވީގެ ފަރާތުން ގުޅައިގެން ބޭނުން ވާނެ އިތުރު މަޢުލޫމާތާއި އެހީތެރިކަން ފޯރުކޮށް ދޭނެ އެވެ.

މުބާރާތުގައި ބައިވެރިވުމަށް IR (space) Name, Age, Island ޖެއްސުމަށް ފަހު އެސްއެމްއެސް ކުރާނީ 2747 އަށެވެ. އެސްއެމްއެސް ކުރަން ޖެހޭ ފަހު ސުންގަޑި އަކީ މާޗް 5 އެވެ.

މި މުބާރާތުގެ އެއްވަނަ އިނާމަކަށް އުމުރާ ދަތުރެއް ދޭން ހަމަޖެހިފައިވެ އެވެ.

ރީތިކޮށް ގުރުއާން ކިޔެވުމަށް ޝައުގުވެރިވާ، އުމުރުން 65 އަހަރުން މަތީގެ ކޮންމެ މީހަކަށް ވެސް މި މުބާރާތުގައި ބައިވެރިވެވޭނެ އެވެ. އެގޮތުން ރާއްޖެ އާއި ރާއްޖެއިން ބޭރުގައި ދިރިއުޅޭ އިސްރަށްވެހީންނަށް ވެސް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.