Last Updated: July 27, 09:53
Saturday, July 27, 2024
ޚަބަރު

އަހަރަކު 700 އިމާމުން ތަމްރީނު ކުރަނީ

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމު އަލީ ސައީދު

އިމާމުން ތަމްރީނު ކުރުމަށް ހިންގާ ގައުމީ މަޝްރޫއުގެ ތެރެއިން އަހަރަކު 700 އިމާމުން ތަމްރީނު ކުރެވޭނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމު އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

އިމާމުން ތަމްރީނު ކުރުމުގެ ޕްރޮގްރާމް މިއަދު އިފްތިތާހު ކުރުމަށް ހަމަޖެހިފައިވާއިރު، ޝަހީމް ވިދާޅުވީ މި މަޝްރޫއުގެ ދަށުން އެއް އަހަރުތެރޭ 700 އިމާމުން ތާޒާކޮށް ނިމޭނެ ކަމަށެވެ. އަދި އިމާމުންނަށް ސައުދީ، މިސްރު، މެލޭޝިއާ އާއި ބުރުނާއީގެ އިތުރުން މޮރޮކޯ އިން ވެސް ތަމްރީނު ޕްރޮގްރާމްގެ ފުރުސަތު ލިބޭނެ ކަމަށް ޝަހީމް ވިދާޅުވި އެވެ.

މީގެއިތުރުން އިމާމުންނަށް މާސްޓާސް އާއި ޕީއެޗްޑީ އަށް ވެސް ސްކޮލަޝިޕް ދެވޭނެ ކަމަށްވެސް ވިދާޅުވި އެވެ.

އިމާމުން ތަމްރީނު ކުރުމުގެ ފުރަތަމަ ޕްރޮގްރާމް އަންނަ މަހު ގއ. އަތޮޅުގައި ކުރިިއަށް ގެންދަން ވަނީ ނިންމައިފަ އެވެ. އޭގައި 77 އިމާމުން ބައިވެރިވާނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.