Last Updated: May 17, 07:03
Friday, May 17, 2024
ޚަބަރު

ޕެނެޑޯލް ބޭހުގެ ސްޓޮކެއްގައި މައްސަލަތަކެއް

ރާއްޖޭގައި އާންމުކޮށް ވިއްކާ ބޭހެއް ކަމަށްވާ ޕެނެޑޯލްގެ ބެޗެއްގައި ހިމެނޭ ބޭހެއް ޓެސްޓްކުރި އިރު، ބޭހުގެ ބައެއް ގުޅަތައް ފުނޑުފުނޑުވެ، ތަންތަންކޮޅުން ނެއްޓިފައިވާކަން ފާހަގަކުރެވިފައިވާތީ އެގޮތަށް ދިމާވެފައި ހުރި ނުވިއްކަން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޠީ (އެމްއެފްޑީއޭ) އިން އިލްތިމާސްކޮށްފި އެވެ.

އެތަނުން މިއަދު ބުނީ މައްސަލަ ފާހަގަކުރެވިފައި ވަނީ ސްރީ ލަންކާގެ ސުމިތުކްލައިން ބީޗަމް ބްރޭންޑްގެ 500 މިލިގްރާމްގެ ޕެނެޑޯލްގެ ޓެބްލެޓުން ކަމަށެވެ. އެހެންވެ މި ބޭހާ މެދު ވަކި ގޮތެއް އަންގަންދެން ފާމަސީތަކުންނާއި އާންމު ފިހާރަތަކުން ވެސް ބޭސް ނުވިއްކަން އަންގާ ކަމަށް އެފްޑީއޭ އިން ބުންޏެވެ.

އެތަނުން ބުނީ މިއާ ބެހޭ އިތުރަށް ބަލަން ޖެހޭ ކަންކަން މިހާރު ބަލަމުން އަންނާތީ އެކަން ނިމެންދެން އެ ބޭހަކީ ރާއްޖެ އަށް އެތެރެކުރުން "ރެސްޓްރިކްޓްކުރެވިފައިވާ" ބޭހެއް ކަމަށެވެ.

އެފްޑީއޭ އިން ވަނީ ފާމަސީތަކާއި އާންމު ފިހާރަތަކާއި ބޭސް ރައްކާކުރާ ގުދަންތަނުގައި ހުރި މި ބޭހުގެ ސްޓޮކް ވަކިކޮށް، ބޭސް ރައްކާކުރަން ކަނޑައަޅާފައިވާ ފިނިހޫނު މިނުގައި ބެހެއްޓުމަށް ވެސް އަންގައިފަ އެވެ.