ރާއްޖޭގެ ހުކުރު ހުތުބާތައް އިނގިރޭސި ބަހަށް ތަރުޖަމާކޮށް ފޮތެއްގެ ސިފައިގައި ލިބޭ ގޮތް ހަދައިފި އެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވީ އެ ފޮތް މިހާރު ނެރެފައިވާ ކަމަށާއި ރާއްޖޭގައި ދިރިއުޅޭ ބޭރު ގައުމުތަކުގެ މުސްލިމުންނަށް ޙުތުބާ ފޮތް ލިބޭނެ ކަމަށެވެ.
"އިސްލާމް ދީނަކީ އާލަމީ ރިސާލަތެއް. އިސްލާމީ މެދުމިންކަމުގެ މަންހަޖާއި ސައްހަ މައުލޫމާތު މުސްލިމުންނަށް ފޯރުކޮށްދި ނުމަކީ ނުހަނު ބޭނުންތެރި ކަމެއް." މިނިސްޓަރު ވިދާޅުވި އެވެ.
ހުކުރު ހުތުބާތައް އިނގިރޭސީ ތަރުޖަމާ ކުރުމަށްފަހު ފޮތެއް ނެރެފައިވާއިރު، ހުކުރު ހުތުބާ ކިޔާ ވަގުތު ޓީވީއަށް އިނގިރޭސި ބަހުން ސަބްޓައިޓަލް އަރާ ގޮތަށް ވެސް ހަދާފައިފައިވެ އެވެ.