Last Updated: July 27, 14:13
Saturday, July 27, 2024
ޚަބަރު

ފޭދޫގައި ބާއްވާ ނައިޓް މާކެޓަކަށް ހުޅުވާލައިފި

ފޭދޫގެ މަންޒަރެއް މަތިން ފެންނަ ގޮތް. ފޮޓޯ/ އަހުމަދު ފާރިސް

ކުރިއަށް އޮތް ރޯދަ މަހާ ދިމާކޮށް އައްޑޫ ފޭދޫގައި ނައިޓް މާކެޓެއް ބާއްވަން ނިންމައިފި އެވެ.

އެ އަވަށު އޮފީހުން މިއަދު ބުނީ މި ނައިޓް ބާއްވަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 1-5 އަށް ފޭދޫގެ ބަނދަރުމަތީގައި ކަމަށެވެ. އެހެންވެ އޭގައި ބައިވެރިވާން ޝައުގުވެރިވާ ވިޔަފާރިތަކަށް، ބައިވެރިވުމުގެ ފުރުސަތު މި މަހުގެ 15 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.

އަވަށު އޮފީހުގެ ނަންބަރު 6892018 އަށް ގުޅައިގެންނާއި 7789044 އަށް އައިޑީ ކާޑު ވައިބާކޮށްގެން ވެސް ނަން ނޯޓްކުރެވޭނެ އެވެ.

ފޭދޫ އަވަށު އޮފީހުން ނައިޓް މާކެޓެއް ބާއްވަން ނިންމި އިރު، އައްޑޫ ސިޓީ ކައުންސިލުން ވަނީ މި މަހުގެ 10-16 އަށް ހިތަދޫގައި ނައިޓް މާކެޓެއް ބާއްވަން ނިންމައިފަ އެވެ. މީގައި ބައިވެރިވާން މި މަހުގެ 5 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.