Last Updated: December 13, 22:19
Friday, December 13, 2024
ރިޕޯޓް

ހައްވި: ނޫސްވެރިކަމުން ރައްޔިތުންގެ ހިދުމަތަށް

ނޫސްވެރިކަމުގެ ދާއިރާއިން ރައްޔިތުންގެ ލޯތްބާއި އިޚްތިރާމް ހޯދި ހައްވާ މުހައްމަދު (ހައްވި) އަކީ ކެރޭ ހިތްވަރު ގަދަ ހިންގުންތެރި ކަނބަލެކެވެ. 2012 ވަނަ އަހަރުން ފެށިގެން ނޫސްވެރިކަމުގެ ދާއިރާއަށް ނިކުމެ ރާއްޖޭގެ ސިޔާސީ މަސްރަޙް އެންމެ ހަލަބޮލި ދުވަސްވަރު، ކެރުންތެރިކަމާއި ޖެހިލުންކުޑަކަމާއި އެކު މުޒާހަރާތައް ކަވަރުކޮށް ރައްޔިތުންނަށް މަޢުލޫމާތު ފޯރުކޮށްދިނުމުގައި ވަގުތުން ވަގުތައް މަސައްކަތް ކުރިއެވެ. އޭރު ދިމާވި އަދި ކުރިމަތިވި އެތައް ގޮންޖެހުންތަކާއި އެކުވެސް ފަހަތަށް ޖެހުމެއް ނެތި މަސައްކަތްކުރީ، ބޭއިންސާފުން ރައްޔިތުންނަށް ލިބެމުންދިޔަ އަނިޔާތަކާއި ދެކޮޅަށް އަޑު އުފުލުމަށެވެ.

އޭގެ 10 އަހަރު ފަހުން ރައްޔިތުންނަށް ޙިދުމަތްކުރަން ނިކުތީ އަނެއްކާވެސް ރައްޔިތުންގެ ޚާދިމެއްގެ ގޮތުގައެވެ. ރައްޔިތުންގެ އަޑު އަހާ ރައްޔިތުންގެ ކޮންމެ ކަމެއްގައިވެސް ވަކާލާތުކޮށްދޭނެ މީހެއްގެ ގޮތުގައެވެ. ރައްޔިތުންނަށް ޙިދުމަތް ކުރުމަށް ނިންމީ ހައްވާ މުހައްމަދި އެކަމަށް ފަސްނުޖެހި ކުރަން ކެރޭނެ ހިތްވަރު ގަދަ މީހަކަށް ވުމުންނެވެ.

އައްޑޫސިޓީ މީދޫއަށް އުފަން ހައްވާ މުހައްމަދަކީ ޒިންމާދާރު މަންމަ އެކެވެ. ދެ ފިރިހެން ކުދިންނާއި އަންހެން ކުއްޖަކު ހުންނައިރު މިއަދު ޢާއިލާގެ ހުރިހާ ކަމެއްގެ އެންމެ އިސް މީހެއްގެ ގޮތުގައި އެޒިންމާ އުފުލަމުން އަންނަނީ ހައްވިއެވެ. ވަޒީފާއަދާ ކުރަމުން އާއިލާއެއްގެ ހުރިހާ ކަމގެއް ބަލަހައްޓަމުން އަންނަ އިރު ދިމާވާ ގޮންޖެހުންތައް އެއްފަރާތް ކުރުމަށްފަހު، މީދޫގެ ރައްޔިތުންގެ ހައްގުގައި ވަކާލާތު ކުރުމަށް ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީއަށް ވާދަކުރަން ނިންމީ ވަރަށް ގިނަ ސަބަބުތަކާއި އެކުއެވެ. އެގޮތުން ރައްޔިތުންނަށް ޚިދުމަތް ކުރުމަށް ބޭނުންވީ ރައްޔިތުންގެ އެދުމާއި އެކު ޤާނޫނު ހަދާ މަޖިލިސްގައި ދާއިރާ ތަމްސީލް ކުރުމުގެ އިތުރަށް ރައްޔިތުންގެ ވިންދާއި އެއްގޮތަށް މަސައްކަތް ކުރުމުގެ ބޭނުމުގައެވެ.

ތަޢުލީމީ ދާއިރާއަށް ނަޒަރު ހިންގާލާއިރު ހައްވި އަކީ ކިޔަވައިގެން ހުރި ޤާބިލް ކަނބަލެކެވެ. ހިންގުންތެރިކަމަށް ބަލާއިރު ވަޒީފާގެ މާހައުލުގައި ހައްވި ވަނީ ގިނަ ކުރިއެރުންތަކެއް ހޯދާފައެވެ. އެގޮތުން ރާއްޖެޓީވީގެ ޕޮލިޓިކަލް ޑެސްކްގެ ހެޑްކަން ކުރައްވާފައެވެ. ރައްޔިތުންގެ މަޖިލިސް ތަޅުމުގައި ހިނގާ ކަންކަން ރައްޔިތުންނާއި ހަމައަށް ތަފްސީލްކޮށް ގެނެސްދިނުމުގައި ހައްވި ބުރަ މަސައްކަތެއް ކުރިއެވެ. މީގެ އިތުރަށް ސީއެންއެމްގެ ޓީވީ ކޮންޓެންޓް ހެޑްގެ މަޤާމްވެސް އަދާކޮށް ސިޔާސީ ދާއިރާއާއި ގުޅުންހުރި ފާހަގަކޮށްލެވޭ ގިނަ ޕްރޮގްރާމްތަކެއް ވަނީ ހުށަހަޅައިދީ ރައްޔިންގެ މަޤްބޫލު މީހަކަށްވެފައެވެ.

އެއަށްފަހު ސަރުކާރުގެ ސިޔާސީ މަޤާމެއްގައި މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް ޓެކްނޮލޮޖީގެ ޑިރެކްޓަރ ކޮމިއުނިކޭޝަންގެ މަޤާމް ފުރިހައަށް އަދާކުރެއްވިއެވެ. އެމަސައްކަތުގައި ހުރެގެން ސަރުކާރާއި ރައްޔިތުންގެ އިތުބާރު ހޯއްދެވިއެވެ.

ސިޔާސީ މަސައްކަތުގެ ތެރެއަށް ހައްވި ނިކުމެ، ނިމިދިޔަ ރިޔާސީ އިންތިޚާބުގައިވެސް ރައީސް އިބްރާހިމް މުޙައްމަދު ސޯލިޙްގެ ކެމްޕެއިން ޓީމުގައި އިސްކޮށް މަސައްކަތް ކުރެއްވިއެވެ. އަދި މީދޫ ދާއިރާގައި ކެމްޕެއިން ހިނގާ ނުހިނގާގޮތް ގާތުން ބަލާއި ރައްޔިތުންގެ ޝަކުވާތައް އަޑުއަހާ އެކަންކަން ހައްލުކުރުމަށް ވާހަކަދެއްކެވިއެވެ.

އައްޑޫ މީދޫއަށް ބޭނުންވަނީ ރައްޔިތުންގެ އަތުގައި ހިފައިގެން އުޅެވޭ ކަހަލަ ހިތް ހެޔޮ ދަރިއެކެވެ. ކަންކަމުގައި އިސްނަގައިގެން މަސައްކަތް ކުރާނެ މީހެކެވެ. މިކަމުގައި ޤާބިލްކަން ހުރި ހަމަ އެކަނި ކެންޑިޑޭޓަކީ ހައްވި ކަމާއި މެދު ޝައްކެއް ނެތެވެ.
މީދޫއަށް ޗޮއިސް އަކީ ހައްވިއެވެ