Last Updated: May 17, 07:03
Friday, May 17, 2024
ޚަބަރު

އެމްޕީއެލުން ލޭ ހަދިޔާ ކުރުމުގެ ހަރަކާތެއް ބާއްވައިފި

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން އިންދްރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އާއި ގުޅިގެން ލޭ ހަދިޔާކުރުމުގެ ހަރަކާތެއް މިއަދު ކުރިއަށް ގެންގޮސްފި އެވެ.

އެމްޕީއެލްއިން މިއަދު ބޭއްވި ލޭ ހަދިޔާކުރުމުގެ ހަރަކާތް ކުރިޔަށް ގެންގޮސްފައި ވަނީ މާލޭގެ ނޯތު ހާބަރު ސަރަހައްދުގަ އެވެ.

އެމްޕީއެލް އިން ބުނިގޮތުގައި ލޭ ހަދިޔާކުރުމުގެ އެ ހަރަކާތަކީ އައިޖީއެމްއެޗްގެ ބްލަޑް ބޭންކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ހިންގި ހަރަކާތެކެވެ. މި ހަރަކާތުގައި އެ ކުންފުނީގެ ގިނަ އަދަދެއްގެ މުވައްޒަފުން ވަނީ ލޭ ހަދިޔާކޮށްފަ އެވެ.

އެމްޕީއެލްގެ އިތުރުން އެހެނިހެން ކުންފުނިތަކުން ވެސް ބްލަޑް ބޭންކަށް ލޭ ހަދިޔާ ކުރުމުގެ ހަރަކާތްތައް އަންނަނީ ބާއްވަމުންނެވެ.